ދިވެހިރާއްޖެ
މި އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް ނޭކުރެންދޫ ކައުންސިލަށް 50ވޯޓުގެ 100 މަގުބައްތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖޫން 2026ވާ ބުދަ ދުވަހުގެ 13:30ގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ނޭކުރެންދޫ ކައުންސިލަށް 100 މަގުބައްތި ފޯރުކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 24ޖޫން 2026 ވާ ބުދަ ދުވަހުގެ 13:30ގައި ނޭކުރެންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
އަންދާސީ ހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު:
-މިއިދާރާއަށް ބޭނުންވަނީ 50ވޯޓުގެ (ހުދު އަލި) 100 މަގުބައްތިއެވެ. (50W LED STREET LIGHT, WHITE)
-މި ބައްތިތަކާއެކު ބައްތިދަނޑި ފޯރުކޮށްދޭކަށް ނުޖެހޭނެއެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ
ފޯން: 6520714
އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.