ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)452-HRS/452/2026/32
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:04
ސުންގަޑި: 21 ޖޫން 2026 13:30
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ދިވެހިރާއްޖެ
ސީނިއަރ ޕަބްލިކް ހެލްތް އޮފިސަރ - ނިއުޓްރިޝަން ސެކްޝަން

އިޢުލާން

ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފެކެވެ

މަޤާމު

ސީނިއަރ ޕަބްލިކް ހެލްތް އޮފިސަރ

މަޤާމުގެ ނަންބަރު

J-412810

J-420489

ބޭނުންވާ އަދަދު

02 (ދޭއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 7 (ސްޓެޕް 1)

ޑިވިޝަން/ ސެކްޝަން

 ޕޮޕިއުލޭޝަން ހެލްތު އެންޑް ނޮން-ކޮމިއުނިކަބަލް ޑިޒީޒް ޕްރިވެންޝަން ޑިވިޜަން، ނިއުޓްރިޝަން  ސެކްޝަން.

ވަޒީފާ އަދާކުރަންޖެހޭ ތަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ / ހުޅުމާލެ

މުސާރަ

-/10،613 ރުފިޔާ

މަޤާމް އެލަވަންސް

-/4،953 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް -/134
  3. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 01 ނޮވެމްބަރ 2025 އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ނިއުޓްރިޝަން ޕްރޮގްރާމް ގެ ދަށުން ހިންގަންޖެހޭ ޙަރަކާތްތައް ކަމާބެހޭ ޕޮލިސީ އަދި ސްޓްރެޓެޖީގައިވާ ޤަވާއިދުގެ މަތިން ރޭވުމަށް އެހީތެރިވެދިނުމާއި އެ ޙަރަކާތްތައް ހިންގުމުގެ އެންމެހާ އިންތިޒާމް ތައް ކުރުމުގައި އެހީ ތެރިވެ އަމަލީ ގޮތުން ބައިވެރިވުން
  2. ޑަބްލިޔު.އެޗް.އޯ، ޔުނިސެފް އަދި އެހެނިހެން އިންޓަރނޭޝަނަލް އޭޖެންސީ ތަކާއި ގުޅިގެން ހިންގާ ޕްރޮޖެކްޓްތަކާއި ޙަރަކާތްތައް ކަނޑަ އެޅިފައިވާ ވޯކްޕްލޭން އާއި އެއްގޮތްވާ ގޮތުގެ މަތިން  ޕްރޮޕޯސަލްތައް ހަދާ ފޮނުވަންޖެހޭ މުއްދަތަށް ފޮނުވާ، އެކްޓިވިޓީ އިންޕްލިމެންޓް ކޮށް ރިޕޯރޓް ކުރުން.
  3. ނިއުޓްރިޝަން ޕްރޮގްރާމުން ހެދިފައިވާ އުސޫލް ތަކާއި ގައިޑް ލައިން ތައް ސިއްހީ ހިދުމަތްތެރިން އަދިގުޅުންހުރި މުއައްސަސާ ތަކާއި ޖަމްއިއްޔާ ތައް އަހުލުވެރި ކުރުމަށް ސެޝަން ތައް ހިންގާ މިމައުލޫމާތު ފޯރުކޮށްދިނުން.
  4. ނިއުޓްރިޝްން ޕްރޮގްރާމް ދަށުން ހިންގޭ ތަފާތު ޕްރޮގްރާމް ތަކާއި ނިއުޓްރިޝަން ހާލަތު ރަނގަޅު ކުރުމާ ގުޅޭގޮތުން އެވެއާނަސް މެޓީރިއަލް ތައްޔާރުކޮށް ، މީޑިއާ އަދި އެހެނިހެން ވަސީލަތް ތައް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުން.
  5. ނިއުޓްރިޝަން ޕްރޮގްރާމްގެ ދަށުން ހިންގޭ ވިޓަމިން އޭ،ޑީވާރމިން، އަޔަން ފޮލިކް އެސިޑް ސަޕްލިމެންޓޭޝަން ޕްރޮގްރާމް އަށް ބޭނުން ވާ ބޭސް އަދި ގްރޯތް މޮނިޓަރިން ޕްރޮގްރާމް ހިންގުމަށް ބޭނުން ވާ ޗައިޑް ހެލްތު ރެކޯޑާއި އިކިއުޕްމަންޓްސް ގެ ފޯކާސްޓިން ހަދާ،ކޮންމެ އަހަރަކުވެސް ބޭނުން ވާ ވަރަށް މިތަކެތި ހޯދާ، ކަނޑައެޅިފައިވާ އުސޫލް ތަކުގެ މަތިން މިތަކެތި ފޮނުވުމާއި ސްޓްކޮ ބެލެހެއްޓުން.
  6. ނިއުޓްރިޝަން ޕްރޮގްރާމްގެ ދަށުން މާލެއާއި، އަތޮޅުތެރޭގައި ހިންގާ ގްރޯތް މޮނިޓަރިންގ، ވިޓަމިން އޭ، ޑީވަރމިން، އަދި އަޔަން ފޯލިކް އެސިޑް ޕްރޮގްރާމް ގެ ރިޕޯޓް ތައް ކަނޑައެޅިފައިވާ މުއްދަތުގައި ހޯދުމަށްފަހު ކޮންމެމަހެއް ނިމޭއިރު އެ ރިޕޯރޓްތައް އެންޓަރ ކުރުން.
  7. ޕްރީ/ޕްރައިމަރީ ސްކޫލްތަކުގެ ކުދިންނާއި އަދި ސިއްހީ ހިދުމަތް ދޭ މަރުކަޒު ތަކުން ތަންތަނުން އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ދަށުން ދެމުންގެންދާ ވިޓަމިން އޭ،ޑީވާރމިން ބޭސް ސުކޫލް ތަކަށް ޤަވާޢިދުން ފޮނުވުމާއި، ކޮންމެ ރައުންޑެއް ނިމުމުން ރިޕޯޓް އެންޓްރީކޮށް އެނަލައިޒްކޮށް ޤަވާޢިދުން ބަލަހައްޓާ ކަވަރޭޖް ހެދުން.
  8. ޑިސްޓްރިކްޓް ހެލްތު އިންފޮމޭޝަން ސިސްޓަމް (ޑީ.އެޗް.އައި.އެސް 2 ) ގެ ޗައިލްޑް ނިއުޓްރިޝަން ގްރޯތު އެންޑް ޑިވެލޮޕްމަންޓް މޮޑިއުލް ހެލްތު އިންފޮމޭޝަން މެނޭޖްމަންޓް އެންޑް ރިސަރޗް ޑިވިޝަން އާއި ގުޅިގެން ތައްޔާރުކުރުމާއި މިކަމާގުޅުންހުރި ތަމްރީނުތައް ޞިއްޙީ ޚިދުމަތްތެރިންނަށް ފޯރުކޮށްދިނުމާއި ޑޭޓާ އެނަލައިޒްކުރުމާއި ޑޭޓާ ކްލީނިންގެ މަސައްކަތްތައް.
  9. ގާތުން ކިރުދިނުން ކުރިއަރުވާ އާލާކުރުމަށް އެކުލަވާލެވިފައިވާ "ބްރެސްޓް މިލްކް ސަބްސްޓިޓިއުޓް ރެގިއުލޭޝަން" ގެ މަސައްކަތްތަކުގައި މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީ އާއެކު މަސައްކަތް ކުރުން
  10. ނިއުޓްރިޝްން ޕްރޮގްރާމް ދަށުން ހިންގޭ ސޮއިލްޓްރާނސްމިޓެޑް ހެލްމިންތިއާސިން އެލިމިނޭޝަން އަށް ކުރެވޭ މަސައްކަތްތައް ކުރުން.
  11. އަޔަޑިން ޑެފިޝިއެންސީސް މަދުކުރުމަށް ބޭނުންވާ ދިރާސާތައް ހެދުމާއި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަފާތު ޕްރޮގްރާމުތަކުގެ މަސައްކަތްތައް ކުރުން.
  12. ނިއުޓްރިޝަން ޕްރޮގްރާމް އިން ހިންގާ ޙަރަކާތްތަކުގެ ރިކޯރޑް ބެލެހެއްޓުމާއި އެ ރެކޯރޑްތައް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި ޙަރަކާތްތަކުގެ އެންމެހާ ޚަރަދު ތަފްޞީލް ސަރުކާރުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ކަނޑައެޅިފައިވާ އުޞޫލްގެ މަތިން ކުރިއަށްގެންގޮސް ރެކޯރޑްތައް ބެލެހެއްޓުން.
  13. އޮފީސް އަދި ޑިވިޝަންގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލު ކުރެވޭ މަސައްކަތްތައް ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ކުރުން އަދި ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުމާއި ސިއްހީ ކާރިސަ ތަކާއި ގުޅިގެން ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުން

 

މަޤާމުގެ ޝަރުތުތައް

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

ތައުލީމީ ރޮނގުތައް:

  1. ބަޔޯ ސްޓެޓިސްޓިކްސް  
  2. ކޮމިނިއުކަބަލް ޑިސީޒް
  3. ކޮމިއުނިޓީ ހެލްތު
  4.  ކޮމިއުނިޓީ ހެލްތް ނަރސިންގ
  5. ކޮމިއުނިޓީ މެޑިސިން
  6. ޑިމޮގްރަފީ
  7. ޑައިޓެޓިކްސް
  8. ޑިޒާސްޓަރ މެނޭޖުމަންޓު
  9.  އިމަރޖެންސީ މެނޭޖްމަންޓް
  10.  އެމަރޖެންސީ ޕްރިޕެއަރޑްނަސް  
  11.  އެންޓޮމޮލޮޖީ
  12.  އެންވަޔަރަންމަންޓަލް ހެލްތް
  13. އެޕިޑިމިއޮލޮޖީ
  14.     ގްލޯބަލް ހެލްތް
  15.  ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން
  16.  ހެލްތް ކެއަރ އިވެލުއޭޝަން 
  17.   ހެލްތް ކެއަރ މެނޭޖްމަންޓް
  18.  ހެލްތް އެޑިޔުކޭޝަން  
  19.  ހެލްތު އިންފޮމެޓިކްސް 
  20.  ހެލްތް އިންފޮމޭޝަން
  21.  ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް
  22.  ހެލްތް ޕްރޮމޯޝަން 
  23.  ހެލްތް ރިސަރޗް
  24.  ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން 
  25.  ހެލްތް ސަރވިސަސް މެނޭޖްމަންޓް 
  26.  އިންފެކްޝާސް ޑިޒީސަސް  
  27.  މެޓަރނަލް އެންޑް ޗައިލްޑް ހެލްތް  
  28.  މެންޓަލް ހެލްތް 
  29.  ނޮން-ކޮމިއުނިކަބަލް ޑިޒީސަސް  
  30.  ނިއުޓްރިޝަން  
  31.  އޮކިއުޕޭޝަނަލް ހެލްތް 
  32.  ޕޮޕިއުލޭޝަން ހެލްތް 
  33.  ޕްރައިމަރީ ހެލްތް ކެއަރ 
  34.  ޕަބްލިކް ހެލްތް 
  35.  ޕަބްލިކް ހެލްތް ނަރސިންގ 
  36.  ޕަބްލިކް ހެލްތް ރިސަރޗް 
  37.  ޕަބްލިކް ހެލްތް ސައިންސް  
  38.  ރިޕޮރޮޑަކްޓިވް ހެލްތް

ގުޅޭ ވަޒީފާގެ ދާއިރާ

  • ޕަބްލިކް ހެލްތް ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ  މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 21 ޖޫން 2026 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.    

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު  އޮންނާނީ، 2026 ޖުލައި މަހު މިއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3024505 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

11 ޖޫން 2026