މަސައްކަތް
ނަންބަރު: (IUL)SH-FAH-RM/SH-FAH/2016/2
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 25 ޖަނަވަރީ 2016 13:30
ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ.ބިލެތްފަހި ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތު ކުރުމާބެހޭ

އިޢުލާން

ށ. ބިލެތްފަހި ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތު ކުރުމާބެހޭ

ށ. ބިލެތްފަހި ޞިއްޙީމަރުކަޒުގެ އެމްބިއުލާންސްގެ މަރާމާތުތަކެއް ކުރުމަށް ކުރި ހޮސްޕިޓަލް ނަންބަރު: IUL)SH-FAH-RM/SH-FAH/2015/18)ފ(13 ޖުލައި 2015) އިޢުލާނަށް ހުށަހެޅި އަންދާސީހިސާބުތަކުގައި މަޢުލޫމާތު ފުރިހަމަވެފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް, އެމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ, މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.ބިލެތްފަހި ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 01 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.ބިލެތްފަހި ޞިއްޙީމަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

08 ރަބީޢުލްއާޚިރު 1437

18 ޖަނަވަރީ 2016