ވަޒީފާގެ ފުރުޞަތު
ނަންބަރު: GS210/IUL/2016/04
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 27 ޖަނަވަރީ 2016 14:00
އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ޤުރްއާން)

އިޢުލާން

ވަޒީފާގެ ފުރުޞަތު: 

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމު:

ރިލީފް ޓީޗަރ (ޤުރްއާން)

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރައްޖެހޭ ތަން/ ސެކްޝަން:

އުނގޫފާރު ސްކޫލް، އެކަޑެމިކް  

މުސާރާއި އެލަވަންސް:

ތަފްޞީލް

މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވާ ރިފީލް ޓީޗަރުންނަށް.

-/3،565 ރުފިޔާ (މަހަކު)

-/1،500 ރުފިޔާ (މަހަކު)

ޘާނަވީ ތައުލީމް ޙާޞިލްކޮށް ދިވެހި މާއްދާއާއި އިތުރު ދެމާއްދާއިން ފާސްވެފައިވާ ރިލީފް ޓީޗަރުންނަށް.

-/4،000 ރުފިޔާ (މަހަކު)

-/1،500 ރުފިޔާ (މަހަކު)

މަޤާމުގެ ޝަރުޠުތައް:

1- ގްރޭޑް 10 ނިންމާފައިވުން. ނުވަތަ؛

2- އެސް. އެސް. ސީ. އިމްތިޙާނުން ދިވެހި، އިސްލާމް، މި ދެ މާއްދާއިން ސީ ގްރޭޑުން މަތީން ފާސްވެފައިވުން.

މި ވަޒީފާއަށް ކުދިން ނެގުމުގައި ނިއު ކަރުކިއުލަމް ވޯރކްޝޮޕް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ހަވާލުކުރެވޭ މާއްދާތައް ކިޔަވައިދިނުމަށްޓަކައި މުޤައްރަރުގައިވާ ބައިތަކަށް ބަލައިގެން ސްކީމް އޮފް ވޯކް އެކުލަވައިލުން.

2- ކިޔަވައިދޭން ހަވާލުކުރާ މާއްދާތައް ކިޔަވައިދިނުމަށްޓަކައި ސްކޫލުން އަންގާ ގޮތެއްގެ މަތީން ލެސަންޕްލޭން ހަދައި، ކުލާސްތަކަށް ގަޑިނަގައިދިނުން.

3- ދަރިވަރުންނަށް ނަގައިދޭ މާއްދާތަކުން ދަރިވަރުން ހާސިލުކުރާ މިންވަރު ދެނެގަތުމަށްޓަކައި ސްކޫލުގެ އެސެސްމެންޓް ޕޮލިސީއާ އެއްގޮތްވާގޮތުގެމަތީން އެސެސްމެންޓްތައް ދިނުމާއި އެސެސްމެންޓްތަކުގެ ރެކޯޑްތައް ބެލެހެއްޓުން.

4- ކިޔަވައިދޭ ކުލާސްތަކުގެ ދަރިވަރުންގެ ހެދިފޯދޭ މިންވަރު ބެލެހެއްޓުމާއެކު، ދަރިވަރުންގެ އުޅުމުގެ ކަންކަން ދުވަހުން ދުވަހަށް ލީޑިންގ ޓީޗަރުންނަށް ރިޕޯޓްކުރުން.

5- ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންގެ ނަމޫނާއަކަށްވުން.

ހުށަހަޅަންޖެހޭ މައުލޫމާތުތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ދެފުށުގެ ސާފުކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކުރެވިފައިވާ ސެޓްފިކެޓްގެ ކޮޕީ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތައް.
  • ވަޒީފާ އަދާކުރާ ފަރާތެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތު އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމު ހުށަހަޅަންވާނެއެވެ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް ވަންނަން އެދޭ ފޯމު.
  • ޕާސްޓްޕޯޓް ސައިޒުގެ ފޮޓޯއެއް.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ މަޤާމު ހަމަޖައްސާނީ ތިރީގައިވާ ކަންތައްތަކަށް ބަލައިގެންނެވެ.

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް:

ކަނޑައެޅިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، 2016 ޖަނަވަރީ 27 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިން މި ސްކޫލަށް ފޯމް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ، އެ ފޯމު ބާޠިލްކުރެވޭނެއެވެ.

އިންޓަވިޔު ކުރެވޭނެ ތަނާއި ތާރީޚު:

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިޔު ކުރުން އޮންނާނީ، 2016 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުއެވެ. އިންޓަވިއުކުރެވޭނެ ގަޑި، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެންގޭނެއެވެ.

- މި މަޤާމަށް އިންޓަރވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

  • މި ޢިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6580262 ނަންބަރު ފޯނާއެވެ.
  • ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއެކު ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައިނުވާނަމަ، އެ ފޯމް ބާޠިލްކުރެވޭނެއެވެ.
  • މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި ނަމޫނާ ސީވީ، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

4 ރަބީޢުލްއާޚިރު 1437

14 ޖަނަވަރީ 2016