މަޤާމް:
|
އެސިސްޓެންޓް ރަޖިސްޓްރަރ
|
ސެކްޝަން
|
ރަޖިސްޓްރޭޝަން
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
މަޤާމުގެ ރޭންކް:
|
LS5
|
މަޤާމުގެ ޝަރުޠު:
|
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލީގަލް އޮފިސަރ- އެލް. އެސް. 4 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 9 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 އަދި ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލީގަލް އޮފިސަރގެ އެލް. އެސް. 4 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު
މަސްއޫލިއްޔަތު:
|
- ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.
- ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ހައިކޯޓުގެ ޤަވާޢިދާ އެއްގޮތަށްތޯ ކަށަވަރުކުރުން. މިގޮތުން ބަލާބެލުމުން ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ އެ ޤަވާޢިދާ ޚިލާފަށް ހުށަހެޅިފައިވާ މައްސަލައެއްނަމަ، އެ މައްސަލައެއް ނުވަތަ ލިޔުމެއް، އެ ޤަވާޢިދާ އެއްގޮތަށް އިޞްލާޙްކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ ލިޔުމެއް ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.
- ބަލައިނުގަނެވޭ ބާވަތުގެ މައްސަލަތަކުގައި ސަބަބު ބަޔާންކޮށް ލިޔުމުން ޖަވާބުދީ، އެ ޖަވާބުދެވުނު ސަބަބު، މައްސަލަ ހުށަހެޅި ފަރާތަށް އިތުރަށް ސާފުކޮށްދިނުން.
- ރެޖިސްޓްރޭޝަން ފީ ދެއްކުމަށް ލިޔުމުން އެންގުން.
- ހައިކޯޓުގެ ފުރަތަމަ މަރުޙަލާގެ ރަޖިސްޓްރީއާއި މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
- ހައިކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ޝާއިޢުކުރުން.
- ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ދެޚަޞްމުންކުރެ ޚަޞްމެއްގެ އެދެމުގެމަތިން، އެފަރާތުގެ ވަކީލު ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.
- މަދަނީ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި އަންނަ ފަރާތެއް ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.
- ހައިކޯޓަށް ހުށަހެޅި ސެކްޝަންތަކަށް ފޮނުވިފައިނުވާ މައްސަލައަކާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކާ މުޢާމަލާތްކުރުން.
- ހައިކޯޓުގެ ޤަވާއިދުން ކަނޑައަޅާ އުސޫލަކުން ދިވެހި ކޮންމެ ފަރުދަކަށްވެސް ހައިކޯޓުގެ ޚިދުމަތް ހަމަހަމަކަމާއެކު ބޭނުންކުރެވޭނެ ގޮތްތައް ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށްގެން ހަމަޖައްސައިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
- ސެކްޝަނުގެ އެންޓްރީ ބަލައިގަތުމާއި، ފިޔަވަޅު އެޅުން. މިގޮތުން، ސެކްޝަނަށް ލިބޭ ލިއުންތަކާއި، ޖަވާބުދެވުނު ލިއުންތަކާއި، ޖަވާބު ނުދެވިހުރި ލިއުންތަކުގެ މަޢުލޫމާތު ހިމެނޭގޮތުން ޝީޓެއް ތައްޔާރުކޮށް އިސްފަނޑިޔާރަށް ހުށަހެޅުން.
- ސެކްޝަނުން ކުރީދުވަހު ކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޔައުމިއްޔާލިއުން.
- ފައިލިންގ ސިސްޓަމާއި، ސެކްޝަނުގެ މަސައްކަތްތަކުގެ ރެކޯޑް ބެލެހެއްޓުން.
- މައްސަލަތަކާ ގުޅިގެން ހައިކޯޓަށް ހުށަހަޅާ ރެޖިސްޓްރޭޝަނުން ޖަވާބުދޭންޖެހޭ ސިޓީތަކަށް އިސްފަނޑިޔާރުގެ އިރުޝާދުގެދަށުން ޖަވާބު ތައްޔާރުކުރުން.
- ސެކްޝަނުގެ މަސައްކަތާ ގުޅިގެން ސެކްޝަންތަކުން ގެންނަ ލިޔުންތަކުގައި ސޮއިކުރުން.
- ވަކީލުންގެ ދަފުތަރެއް ހަދައި، ހައިކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ތައްޔާރުކުރުމާއި، އެ ދަފުތަރު ބެލެހެއްޓުން.
- ރެޖިސްޓްރޭޝަނުގެ ދަށުގައިވާ ސެކްޝަންތަކުގެ މަސައްކަތްތާ ގުޅިގެން އިރުޝާދުދީ އެހީތެރިވުން.
- ހައިކޯޓުގެ ނިންމުންތަކުގެ ރެޖިސްޓަރީ ބެލެހެއްޓުން.
|
މުސާރަ:
|
-/13،065 ރުފިޔާ (ތޭރަހާސް ފަސްދޮޅޮސް ފަސް ރުފިޔާ)
|
އެލަވަންސްތަކާއި ޢިނާޔަތްތައް:
|
ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ ) އާއި، ހަމަޖެހިފައިވާ އުޞޫލުން ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %60 އާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު ހައިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓުން (www. highcourt.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ)
- ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރަ އެނގޭގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްނަމަ، ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
|
އިންޓަވިއު:
|
މަތީގައިވާ މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ސުންގަޑި:
|
31 ޖަނަވަރީ 2016 ގެ 15:00
|
އިތުރު މަޢުލޫމާތު:
|
އިތުރު މައުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|