ނީލަން
ނަންބަރު: (IUL)30-MA2/30/2026/61
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:23
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
މި މިނިސްޓްރީގައި ބޭނުންކޮށްފައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުން.

މި މިނިސްޓްރީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްޞީލު ތިރީގައި މިވަނީއެވެ.

 ނީލަން ކިޔަން ހަމަޖެހިފައިވާތަން : ވެލާނާގެ ބިލްޑިންގ 7 ވަނަ ފަންގިފިލާގައި

  1. ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:45 ގައި
  2. ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު:  ދުވަހު ނީލަމުގައި
  3. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 3339205 , 3339285

މި އިޢުލާނާ އެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތު ލިސްޓް (އަގާއެކު) އެއް ކަރުދާސް ކޮށްފައި އެވަނީއެވެ.

ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 13:45 އަށް މި މިނިސްޓްރީއަށް ވަޑައިގެން ނީލަމުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަން އަންގައި އިޢުލާންކުރީމެވެ. 

  ނޯޓް: ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ.

10 ޖޫން 2026