ދިވެހިރާއްޖެ
މި މަރުކަޒުގައި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި މިމަރުކަޒުގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2026 ޖޫން 18 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި މަރުކަޒަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ. ނީލަން ކާމިޔާބު ކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު 01 (އެކެއް) ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަން ވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ޝާރިޢުލްއަމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.
ފޯން: 6500014,
އީ-މެއިލް: [email protected],mv