ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)270/270/2026/50
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:47
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. މަކުނުދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރު (B) ޒޯނަށް ރަޖިސްޓްރީ ނުކުރާ އުޅަނދުތަކުގެ ޒޯން ބަދަލުކުރުމާއި ގުޅޭ

ހދ. މަކުނުދޫގައި މިވަތު ބޭނުންކުރަމުންދާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ހދ. މަކުނުދޫ ހިމެނޭ ޒޯން (B) އަށް ރަޖިސްޓްރީ ނުކޮށް ރަށުގައި ދުއްވާ އެންމެހައި އުޅަނދުތައް ޒޯން (B) އަށް ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

އެގޮތުން މުއައްސަސާތަކާއި، ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިތަކާއި ޢާންމު ފަރުދުންގެ އުޅަނދުފަހަރުތައް (B) ޒޯނަށް ރަޖިސްޓްރީ ކުރުމަށް 6 (ހައެއް) މަސްދުވަހުގެ  މުހުލަތެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، ދެންނެވުނު މުއްދަތުގައި މިޒޯނަށް ރަޖިސްޓްރީނުކުރާ އުޅަނދުތަކުގެ ވެރިފަރާތްތަކާއިމެދު "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް މަކުނުދޫ ޕޮލިސްޓޭޝަނަށް ފޮނުވޭނެކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 

 

 

 

24 ޛުލްޙިއްޖާ 1447

10 ޖޫން 2026

10 ޖޫން 2026