ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)120-D/120/2026/16
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި:
16 ޖޫން 2026 23:59
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލެޕްޓޮޕް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް
ލެޕްޓޮޕް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް
- މި ޑިޕާޓްމަންޓަށް ބޭނުންވާ ލެޕްޓޮޕް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިތަކެތި ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި އިޢުލާނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތަކީ ބީލަން ފޮތުގެ ސެކްޝަން 3 ގައި ބަޔާން ކޮށްފައިވާ ތަކެތި މި ޑިޕާޓްމަންޓްއަށް ސަޕްލައި ކޮށްދިނުމެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ޖޫން 10 ން 2026 ޖޫން 16 ގެ ނިޔަލަށްތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. "ބިޑް ރަޖިސްޓްރީ ފޯމް"ގެ ލިންކު: https://forms.gle/oEQSuEBURaVUnfaaA
- ބީލަން ހުށަހެޅޭނީ މިބައްދަލުވުމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖޫން 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކުރިން މި އިޢުލާނުގެ 9 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޖޫން 22 ވާ ހޯމަ ދުވަހުގެ 10:45 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ މއ. އިއްޒުއްދީން ބިލްޑިންގ 4 ވަނަ ފަންގިފިލާގެ ލޮޖިސްޓިކްސް ޔުނިޓް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންފޯން: 7912737 /3041395 އިންލިބިވަޑައިގަންނަވާނެއެވެ.
24 ޛުލްހައްޖު 1447
10 ޖޫން 2026
10 ޖޫން 2026