ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-178/IUL/2016/04
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 21 ޖަނަވަރީ 2016 14:00
އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
ޤުރްއާން މުދައްރިސް

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޤުރްއާން މުދައްރިސް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކުލެސިފިކޭޝަނާއި، ރޭންކް:

ސީ. އެސް. 11 

މަސައްކަތް ކުރަންޖެހޭ އޮފީސް

ތ. އޮމަދޫ ސްކޫލް

ރަށް

ތ. އޮމަދޫ

ދާއިމީ މަޤާމުގެ ޝަރުޠު:

ޤުރްއާން ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާއެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މުސާރަ: -/7،070 ރުފިޔާ

ސަރވިސް އެލަވެންސް: -/2،500 ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ކޮންޓްރެކްޓް ވަޒީފާގެ ޝަރުޠު:

މި މަޤާމަށް ޤާރީ ކޯހުގެ ސެޓްފިކެޓް ލެވެލް 4 ގެ ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެއެވެ.

- މިމަޤާމަށް މަތީގައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތެއް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތައް ކޮންޓްރެކްޓެއްގެދަށުން ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގަބޫލުކުރާ، ޤާރީ ކޯހުގެ ސެޓްފިކެޓް 1، 2 ނުވަތަ 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

- ގްރޭޑް 10 ނުވަތަ ގްރޭޑް 7 ނިންމާފައިވުމާއެކު، މާއްދާއާ ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި،

- ޤުރްއާން ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލްކޮށްފައިވުން. ނުވަތަ،

- ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ގަދަ 10 ވަނައިގައި ހިމެނިފައިވުން. ނުވަތަ،

- ޤުރްއާން ކިޔެވުމުގެ އަތޮޅު މުބާރާތުގެ ގަދަ 5 ގައި ހިމެނިފައިވުން.

ކޮންޓްރެކްޓްދަށުން ވަޒީފާ ހަމަޖައްސާ ފަރާތްތަކަށް ދެވޭ މުސާރަ: މަހަކު -/5،020 ރުފިޔާ

ރިސޯސް ޓީޗަރުންގެ ޝަރުޠު:

- މި މަޤާމަށް މަތީގައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތެއް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތައް ރިސޯސް ޓީޗަރެއްގެގޮތުން ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ތަޖުވީދުމަގަށް ޤްރުއާން ކިޔަވަން އެނގޭ ފަރާތެއްކަން ސްކޫލުން ކަނޑައަޅާ އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުން (ރިސޯސް ޓީޗަރުން ކިޔަވައިދޭނީ، ސްކޫލުގެ އިސްލާމް ޓީޗަރުގެ ނުވަތަ ލީޑިންގ ޓީޗަރުގެ ސްޕަވިޜަންގެ ދަށުންނެވެ.)

- ރިސޯސް ޓީޗަރެއްގެގޮތުން ވަޒީފާ ހަމަޖައްސާ ފަރާތްތަކަށް އެލަވަންސް ދެވޭނީ މާސްޓަރ ޓައިމްޓޭބަލްއާ އެއްގޮތަށް ކްލާސްރޫމްގައި ކިޔަވައިދޭ ކޮންމެ ޕީރިއަޑަކަށް -/60 (ފަސްދޮޅަސް ރުފިޔާ) އެވެ. ޕީރިއަޑެއްގެ ދިގުމިނަކީ، ޢާންމުގޮތެއްގައި 35 މިނެޓާއި 45 މިނެޓާ ދެމެދެވެ.

- ރިސޯސް ޓީޗަރެއްގެގޮތުން މި މަޤާމަށް ހޮވޭ ފަރާތްތަކަށް މުސާރަދިނުމުގައި ޢަމަލުކުރެވޭނީ "ރިސޯސް ޓީޗަރުން ގެންގުޅުމާބެހޭ އުޞޫލް" ގެ ދަށުންނެވެ. 

ސިވިލް ސަރވިސްގެ މުވައްޒަފަކު ވަޒީފާއަށް ހަމަޖެއްސުން:

މިހާރު  ސިވިލް  ސަރވިސްގައި  ވަޒީފާ  އަދާކުރަމުންދާ  ފަރާތަކުން  މި  ވަޒީފާއަށް  ކުރިމަތިލައިފިނަމަ،   ސިވިލް ސަރވިސްގެ ގަވައިދުގައިވާ ގޮތުގެ  މަތިން އެ ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ މުޤައްރަރުގައިވާގޮތަށް ކިޔަވައިދިނުން.
  2. ސްކީމް، ލެސަން ޕްލޭން ހެދުމާއި، ޓީޗިންގ އެއިޑްސް ހެދުން.
  3. ޓެސްޓް ޕޭޕަރުތަކާއި ވޯކްޝީޓްތައް ތައްޔާރުކުރުން.
  4. މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުވައި މުބާރާތްތައް ރޭވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންޖެހޭ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

* ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

* ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

* ސަރުކާރުގެ ވަޒީފާގައި ހުރި ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

* ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

* ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މި ސްކޫލަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ.

ނޯޓް

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށްފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 6780572 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

- މި މަދަރުސާއިން ކުރެވުނު GS-178-IUL-2016-01 ނަންބަރުގެ އިއުލާނުގެ ލެޓަރ ހެޑް ބަދަލުވެފައިވާތީ، އެ އިޢުލާނު ވަނީ ބާޠިލްކުރެވިފައެވެ.

                                1 ރަބީޢުލްއާޚިރު 1437

11 ޖަނަވަރީ 2016