ދިވެހިރާއްޖެ
|
މަޤާމް: |
ޑްރައިވަރ |
|
|
މަޤާމުގެ ނަންބަރު: |
J-455587 |
|
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
|
މަޤާމުގެ ގިންތި |
ދާއިމީ |
|
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސަރވިސް ރޭންކް 3 – ސްޓެޕް 1 |
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް / އއ.ފެރިދޫ ކައުންސިލްގެ އިދާރާ |
|
|
މަޤާމް އޮތް އޮފީސް |
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ |
|
|
މުސާރަ: |
9220.00 ރުފިޔާ (މަހަކު) |
|
|
މަޤާމުގެ އެލަވަންސް: |
2765.00 ރުފިޔާ (މަހަކު) |
|
|
ޙާޒިރީ އިނާޔަތް: |
75 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް) |
|
|
އެހެނިހެން އެލަވަންސް: |
|
|
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން 2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝަދުގެ މަތިން ކުރުން، 3. އިދާރާގެ ރަސްމީ މަސައްކަތްތަކުގައި ކުރަންޖެހޭ ދަތުރުތަކުގައި އިދާރާގެ ވެހިކަލް ދުއްވުން. 4. މި ކައުންސިލުން ހަވާލުކޮށްފައިވާ އެއްވެސް ވެހިކަލަކަށް ގެއްލުމެއް ލިބި ނުވަތަ މަރާމާތެއް ކުރަން ދިމާވެއްޖެނަމަ، ހަމަޖެހިފައިވާ ގޮތެއްގެ މަތިން އެއުޅަނދު މަރާމާތުކުރުމުގެ ކަންކަން ކަމާބެހޭ މުވައްޒަފަކާ ގުޅިގެން ކުރުން. 5. އުޅަނދުގެ އަހަރީ ރަޖިސްޓްރޭޝަނާއި ރޯޑް ވަރދިނަސް އާއި އިންޝުއަރަންސް ގަވާއިދާއި އެއްގޮތަށް އަދާހަމަކޮށް ބެލެހެއްޓުން. 6. ޑްރައިވަރުގެ ހައިސިއްޔަތުން އުޅަނދުގެ ތެޔޮ އަދި އަޑީ ތެޔޮ ގަވާއިދުން އަޅައި ބެލެހެއްޓުން. 7. ހަވާލުކުރެވިފައިވާ އުޅަނދު ސާފުކޮށް ބެލެހެއްޓުން. 8. ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން އުޅަނދުގައި އެއްވެސް މައްސަލައެއް ހުރިތޯބަލައި، ހަމަޖެހިފައިވާ އުސޫލުން އެފަދަ މައްސަލަތައް ހައްލުކުރުން. 9. އުޅަނދުގައި ކުރާ ދަތުރުތަކުގެ ރެކޯޑް ލިޔެ ބެލެހެއްޓުން. 10. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅިގެން އެ މުވައްޒަފަކާއި ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން |
|
|
މަގާމުގެ ޝަރުތުތައް: |
މަޤާމަށް ކަނޑައަޅާފައިވާ ކެޓަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވުން (އެއްގަމު އުޅަނދު ދުއްވުމުގެ C2, C1 ކެޓަގަރީގެ ލައިސަންސް ލިބިފައިވުން) |
|
|
މަޤާމުގެ މަސައްކަތުގެދާއިރާތައް: |
ލޭންޑް ޓްރާންސްޕޮޓޭޝަން ސަރވިސަސް |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
އަސާސީ ޝަރުތު ހަމަވުން |
50 |
|
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ޠަޢުލީމް |
5 |
|
|
އަސާސީ ސަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ |
5 |
|
|
އިންޓަވިއު އަދި ޕްރެކްޓިކަލް |
40 |
|
|
ނޯޓް: މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 (ހަތްދިހަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ. |
||
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 23 ޖޫން 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އއ.ފެރިދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. |
|
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 29 ޖޫން 2026 އާއި 05 ޖުލައި އާ ދެމެދު އއ. ފެރިދޫ ކައުންސިލްގެ އިދާރާގައެވެ. އަދި މި މުއްދަތުގެ ތެރޭގައި އިންޓަވިއު ނުބޭއްވޭނަމަ ކުރިމަތިލާ މީހުންގެ ތެރެއިން އިންޓަވިއުކުރަންޖެހޭ މީހުންނަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ. |
|
|
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6660545 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
|