ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| މަޤާމު: | ޑްރައިވަރ | 
| ބޭނުންވާ އަދަދު: | 1 (އެކެއް) | 
| މަޤާމުގެ ކްލެސިފިކޭޝަން: | ސަޕޯޓް ސްޓާފް 2 | 
| މަޤާމުގެ ރޭންކް: | އެސް. އެސް. 2 | 
| އަސާސީ މުސާރަ: | -/3،470 ރުފިޔާ | 
| މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން: | ފެމިލީ ކޯޓު / އިސް ޤާޟީ ބިޔުރޯ | 
| 
 އެލަވަންސްތަކާއި ޢިނާޔަތްތައް: | - ސަރވިސް އެލަވަންސް: -/1،000 ރުފިޔާ - ލިވިންގ އެލަވަންސް: -/2،700 ރުފިޔާ - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. | 
| 
 އަސާސީ ޝަރުޠު: | - ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެސް. އެސް. 1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. | 
| 
 
 މައިގަނޑު މަސްއޫލިއްޔަތު: | - ކޯޓުގެ ފަނޑިޔާރުން ރަސްމީ ބޭނުންތަކުގައި ރަސްމީ ގަޑީގައްޔާއި ނުރަސްމީގަޑީގައި ދާންޖެހޭ ތަންތަނަށް ގެންދިޔުމާއި އަނބުރާ ގެނައުން. - ފަނޑިޔާރުންގެ ދަތުރުތަކަށް ހުރަސްނޭޅޭގޮތުގެ މަތީން، ކާވެނިކުރަން ހަމަޖެހިފައިވާ ތަންތަނަށް، ހަމަޖެހިފައިވާ ގަޑިއަށް މުވައްޒަފުން ގެންގޮސް ގެނެސްދިނުން. - ކާރު ފޮހެ ސާފުކުރުމާއި، ޕޮލިޝްކުރުން. - ކާރުގެ މެއިންޓެނަންސް ބެލެހެއްޓުން. | 
| 
 
 
 
 
 ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: | - ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ލިބެން ހުންނާނެއެވެ. ރިސެޕްޝަނުން މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ސެޓްފިކެޓް ލެވެލުން މަތީ ސެޓްފިކެޓްތައް ހުށަހަޅަންވާނީ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީއެވެ.) - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. | 
| ސުންގަޑި: | 25 ޖަނަވަރީ 2016 ގެ 14:30 ކުރިން. | 
| 
 
 އިތުރު މަޢުލޫމާތު: | - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާ އެއްގޮތަށް ޝަރުޠުފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލްކުރެވޭނެއެވެ. ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއު ކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. | 
| 4 ރަބީޢުލްއާޚިރު 1437 | |