ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)387/387/2026/20
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 14 ޖޫން 2026 14:00
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ހުއްދަ ނުނަގައި ދަނޑުކޮށުމާއިގުޅޭ

އިޢުލާން

 

ކައުންސިލުން ހުއްދަ ނުނަގައި ދަނޑުކޮށުމާއިގުޅޭ

 

                 މިރަށުގެ ފާސްކުރެވިފައިވާ ލޭންޑް ޔޫސް ޕްލޭންގައި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ބިންތަށް ފިޔަވާ އެހެން ސަރަހައްދުތަކުން ކައުންސިލްގެ ހުއްދަނެތި ދަނޑު ކޮށަމުންގެންދާކަން މިކައުންސިލްގެ ސަމާލުކަމަށްވަނީ އައިސްފައެވެ. މިގޮތުން ހުރާކޮޅުން ދިރޭ ޖަނަވާރު ގެންގުޅުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުންނާއި ތިމާވެށީގެގޮތުން ނާޒުކު ސަރަހައްދުތަށްކަމަށް ކަނޑައަޅާފައިވާ ޗަސްބިން ހުރި ސަރަހައްދުތަކުން ދަނޑު ކޮށަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ކައުންސިލުން ބެލިބެލުމުން ކަނޑޫ ފަދަ ހިމާޔަތް ކުރެވިފައިވާ ބާވަތްތަކުގެ ގަސްގަހާއި، ހިމާޔަތް ކުރެވިފައިވާ ދޫނި އާލާވެ ބިސްއަޅައި އުޅޭ ސަރަހައްދުތަކުން ގަސްކަނޑާފައި ހުރިކަންވަނީ ފާހަގަ ކުރެވިފައެވެ.

       މިކަމަކީ ގާނޫނު ނަންބަރު 93/4 (ދިވެހިރާއްޖެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ދަށުން ހެދިފައިވާ ޤަވާއިދު ނަންބަރު R-92/2022 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) ގައި މަނާ ކަންކަމުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގައި ދަންނަވަމެވެ.

        ވީމާ، ކައުންސިލްގެ ހުއްދަ ނުހޯދާ ރަށުގެ ވަލުތެރެއިން އެއްވެސް ހިސާބަކުން ދަނޑުވެރިކަން ކުރުމަށް ނުވަތަ އެހެން ބޭނުމެއްގައިވެސް ގަސްކަނޑައި ބިން ސާފު ނުކުރުމަށާއި،  މިފަދަ ކަންކަން ކުރާ ފަރާތްތަކަށް އެކަން ވަގުތުން ހުއްޓާލުމަށް އަންގަމެވެ.

         

               މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

  

               25 ޛުލްޙިއްޖާ 1447

               10 މެއި    2026

10 ޖޫން 2026