ދިވެހިރާއްޖެ
އިޢުލާން
ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ކުރިމަތިލުމާ ބެހޭ
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އަދި ކުޅިވަރާބެހޭ މިނިސްޓަރާއި ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ކުޅިވަރު މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ކްލަބް ޖަމްޢިއްޔާތަކުގެ ބެލެނިވެރި ފަރާތަކީ ކޮމިޝަނަރ އޮފް ސްޕޯޓްސްއެވެ. ކޮމިޝަނަރަ އޮފް ސްޕޯޓްސް ޢައްޔަންކުރާނީ، ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ލަފަޔާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީމެވެ.
ވީމާ، މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު މި މިނިސްޓްރީއަށް ހުށަހެޅުމަށް ދެންނެވީމެވެ.
މަޤާމު: ކޮމިޝަނަރ އޮފް ސްޕޯޓްސް |
މުއްދަތު: 04 އަހަރު |
ކޮމިޝަނަރ އޮފް ސްޕޯޓްސް އަށް ކުރިމަތިލުމުގެ ޝަރުޠުތައް: ހ. ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން. ށ. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއެއްގައިވާ ފަރާތެއް ކަމުގައި ނުވުމާއި، ސަރުކާރުގެ އެއްވެސް ސިޔާސީ މަޤާމެއްގައިހުރި ފަރާތެއްކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ ހިންގުމުގެ މަޤާމެއްގައި އުޅޭ މީހެއްކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމާއި، އިންތިޚާބު ކުރެވޭ އެއްވެސް މަޤާމެއްގައިވާ ފަރާތެއް ކަމުގައި ނުވުން. ނ. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ކުޅިވަރު ކްލަބެއްގެ މެންބަރަކަށް ނުވަތަ ކުޅުންތެރިއަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ކުޅިވަރު ކްލަބެއްގެ މަޤާމެއް ފުރަމުންގެންދާ ފަރާތަކަށް ނުވުން. ރ. ދިވެހިރާއްޖޭގައި އިޖުތިމާޢީ އަދި ޤައުމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާގައި ޢަމަލީގޮތުން ކުޅެ/އުޅެ ޙަރަކާތްތެރިވެ އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
30 ރަބީޢުލްއައްވަލް 1437