ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2026/32
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 08:10
ސުންގަޑި: 25 ޖޫން 2026 14:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ވިލަރެސް ކޮމިޓީ އެކުލަވާލުން

ގޯތި ވިލަރެސް ކޮމިޓީ އެކުލަވާލުން:

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލްގެ 5 ވަނަ ދައުރުގެ 4 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ ގޯތި ދޫކުރުމުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި، ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލުން އެކުލަވާލާފައިވާ އުޞޫލު " ގއ. ކޮނޑޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" ގެ 3 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ގޯތި ވިލަރެސް ކޮމިޓީ އެކުލަވާލުމަށް ކޮމިޓީގައި ޢާންމު ރައްޔިތުންގެ ތެރެއިން ހިމެނުމަށް ކަނޑައަޅާފައިވާ 2 މެމްބަރުން ކަނޑައެޅުމަށްޓަކައި އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަށް ހޯދަން ބޭނުންވެއެވެ.

ވީމާ، ކޮނޑޭއިން ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލުން އެކުލަވާލާ ގޯތި ވިލަރެސް ކޮމިޓީގައި މަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރި ވެލައްވާ ފަރާތްތަކުން 25 ޖޫން 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected]  އަށް ޝަޢުޤުވެރިކަން ފާޅުކޮށް އީމެއިލް ކުރެއްވުން އެދެމެވެ.

10 ޖޫން 2026