ބީލަން
ނަންބަރު: (IUL)412/412/2026/31
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 17:07
ސުންގަޑި: 23 ޖޫން 2026 14:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑް އުޞޫލުން 3000 އަކަފޫޓުގެ 5 ގޯތި ވިއްކުން

ބިޑް އުޞޫލުން 3000 އަކަފޫޓުގެ 5 ގޯތި ވިއްކުން:


ކޮނޑޭ ކަރަންކާ މަގުގެ ހުޅަނގު ދެކުނުން ގއ.ކޮނޑޭ ސަކީނާ މަންޒިލް ހިމެނޭ 88 ނަންބަރު ކޮށިން, LS-001 އިން LS-005 އަށް ނަންބަރު ޖަހާފައިވާ 3,000 (ތިންހާސް) އަކަފޫޓްގެ 5 ގޯތި ބިޑް އުޞޫލުން  ވިއްކުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. މި ގޯތި ގަތުމަށް އެދި މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ކުރިމަތި ލެވޭނެއެވެ.

  (ހ) މި ގޯތިތަކަކީ މީހުން ދިރިއުޅޭ ސަރަޙައްދުގައި ހިމެނޭ ގޯތިތަކަކަށްވުމުން މީހުން ދިރިއުޅޭ ސަރަޙައްދުގެ ތެރޭގައި ކުރުމުން މަނާ އެއްވެސް ވިޔަފާރިއެއް ނުވަތަ މަސައްކަތެއް މި ގޯތިތަކުގައި ނުކުރެވޭނެއެވެ. މި ބިންތައް ބޭނުން ކުރަންވާނީ ދިރިއުޅުމަށް ނުވަތަ އާންމުން ދިރިއުޅޭ ސަރަހައްދުގައި ކުރުމަށް ޤާނޫނުތަކާއި، ގަވާއިދު ތަކުގެ ތެރެއިން ހުއްދަ ކުރާ ބާވަތުގެ ވިޔަފާރިތަކާއި، ކަންތައްތަކެވެ.

 (ށ) މި އިޢުލާނުގެ ދަށުން ވިއްކުމަށް ހަމަޖެހިފައިވާ ބިންތައް ގަތުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީކޮށް ބީލަން ގަތުމަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައިވަނީ 10 ޖޫން 2026 ވާ ބުދަ ދުވަހުން ފެށިގެން 23 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 14:00 އަށް ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާއިންނެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމްތައްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާ ނަމަ ފޮނުއްވާނީ [email protected] އަށެވެ.

 (ނ) ބީލަން ހުށަހަޅާ ފޮތް މި ކައުންސިލުން ގަންނަން ލިބެން ހުންނާނީ 5,000 (ފަސްހާސް) ރުފިޔާއަށެވެ.

 (ރ) ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށެވެ.

 (ބ) ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 13:15 އަށް ކޮނޑޭ ކައުންސިލް އިދާރާގައި ބީލަން ހުށަހަޅި ފަރާތްތަކުގެ ހާޟިރުވެއެވެ.

 (ޅ) އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ ކައުންސިލްގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މި ކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނާއެކު ވިއްކުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ޗާޓާއި، ބިޑް ޑޮކިއުމެންޓް ގަތުމަށް އެދޭ ފޯމް އެއްއުރަ ކުރެވިފައި ވާނެއެވެ.

09 ޖޫން 2026