ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2026/65
އިޢުލާން
އޮފީހެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އިމާރާތެއް ހޯދުން
ހޮސްޕިޓަލުގެ ބޭނުމަށް އޮފީހެއްގެ ގޮތުގައި ބޭނުންކުރެވިދާނެ 1200 އަކަފޫޓަށްވުރެ ކުޑަނޫން އިމާރާތެއް (2 އަހަރު ދުވަހުގެ މުއްދަތަށް) ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ރަޖިސްޓްރީކުރުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚުގައި އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް 9 ޖޫން 2026 އިން 13 ޖޫން 2026 ވަނަދުވަހުގެ 13:00 ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކުރުން ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ރަސްމީގަޑީގައި ފޯމްހުށަހަޅުއްވުން އެދެމެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން: 21 ޖޫން 2026، 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި 6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.
އަންދާސީހިސާބް ހުށަހެޅުން: 24 ޖޫން 2026، 11:00 އަށް
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)