ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2016/05
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 17 ޖަނަވަރީ 2016 14:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޏ. ފުވައްމުލަކުގައި ހިންގާ ކޯސްތައް ބަލަހައްޓާނެ ރިސޯސް ކޯޑިނޭޓަރަކު ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ޏ. ފުވައްމުލަކުގައި ހިންގާ ކޯސްތައް ބަލަހައްޓާނެ ރިސޯސް ކޯޑިނޭޓަރަކު ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:  1   

ޝަރުޠު: ގުޅޭ ދާއިރާއަކުން ލެވެލް 4 ނުވަތަ 3 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ  އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.

އުޖޫރަ: މަސައްކަތްކުރާ ކޮންމެ ޕީރިއަޑަކަށް -/75 ރުފިޔާ

މުއްދަތު:

ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓް ކުރެވޭނީ 6 މަސްދުވަހުގެ މުއްދަތަށެވެ.

6 މަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 18 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.

ވީމާ، މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު ސިޓީ ފޮނުއްވުން އެދެމެވެ.

27 ރަބީޢުލްއައްވަލް 1437 

07 ޖަނަވަރީ 2016