ދިވެހިރާއްޖެ
|
ރ.ދުވާފަރު ކައުންސިލްގެ އިދާރާގައި ހުރި ބައުތަކެތި ނީލަން ކިޔުން 2026 ޖޫން 17 ވާ ބުދަ ދުވަހުގެ 10:00 ގައި ރ.ދުވާފަރު ކައުންސިލް އިދާރާގައި ބާއްވާ ގޮތަށްވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެދުވަހުގެ އެގަޑިއަށް ރ.ދުވާފަރު ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން ނީލަމުގައި ބައިވެރިވުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. ތަކެތި ނީލަމުން ނެންގެވުމަށްފަހު 3 ދުވަސް ތެރޭގައި ތަކެތި ގެންދަންވާނެއެވެ. ތަކެތި ދޫކުރެވޭނީ ނީލަމުން ނެންގެވި އެއްޗަކަށް ދައްކަވަންޖެހޭ ފައިސާ ރ.ދުވާފަރު ކައުންސިލްގެ އިދާރާއަށް ދެއްކެވުމަށް ފަހުގައެވެ. ފައިސާ ދައްކަންޖެހޭނީ ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރ 7717700458001 (1345 ރެވެނިއު 1) އެކައުންޓަށެވެ. ފައިސާ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު 7602781 މި ނަންބަރަށް ސްލިޕް ވައިބަރ ކޮށްދެއްވުންއެދެމެވެ. ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. |
23 ޛުލްޙައްޖު 1447
09 ޖޫން 2026