ދިވެހިރާއްޖެ
1447 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ ކަދުރުގެ ތެރެއިން ހޯނޑެއްދޫއަށް ލިބިފައިވާ 288 ޕެކެޓް ކަދުރު ދޫކުރުން، 9 ޖޫން 2026 ވާ އަންގާރަ ދުވަހުން ފެށިގެން 15 ޖޫން 2026 ގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 13:00 އަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ގޭބިސީތަކުން ބަލައިނުގަނެ ބާކީވާ ކަދުރު ޕެކެޓްތައް، އެ ބޭނުންވާ ފަރާތްތަކަށް ބަހާލެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ލަފާދެއްވާފައިވާ ގޮތުގެ މަތިން މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި އަންނަ ފަރާތްތަކުގެ ތަރުތީބުން ލިބިފައިވާ ކަދުރު ހުސްވަންދެން ކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.