ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2026/53
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 11 ޖޫން 2026 11:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން

ރ.ދުވާފަރު ކައުންސިލްގެ އިދާރާގައި ހުރި ކުރުނބާ، ގަބުޅި އަދި ކާށި ނީލަން ކިޔުން 2026 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ރ.ދުވާފަރު ކައުންސިލް އިދާރާގައި ބާއްވާ ގޮތަށްވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެދުވަހަގެ އެގަޑިއަށް ރ.ދުވާފަރު ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން ނީލަމުގައި ބައިވެރިވުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

ތަކެތި ނީލަމުން ނެންގެވުމަށްފަހު އެދުވަހުގެ ހަވީރު 6:00 ގެ ކުރިން ތަކެތި ގެންދަންވާނެއެވެ. ތަކެތި ދޫކުރެވޭނީ ނީލަމުން ނެންގެވި އެއްޗަކަށް ދައްކަވަންޖެހޭ ފައިސާ ރ.ދުވާފަރު ކައުންސިލްގެ އިދާރާއަށް ދެއްކެވުމަށް ފަހުގައެވެ. ފައިސާ ދައްކަންޖެހޭނީ ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރ 7717700458001 (1345 ރެވިނިއު 1) އެކައުންޓަށެވެ. ފައިސާ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު 7602781 މި ނަންބަރަށް ސްލިޕް ވައިބަރ ކޮށްދެއްވުންއެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

09 ޖޫން 2026