މަސައްކަތް
ނަންބަރު: (IUL)199-GAS/199/2026/68
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި: 18 ޖޫން 2026 10:00
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ޕަަބްލިކް ރިލޭޝަން ކޮންސަލްޓެންސީ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ޕަބްލިކް ރިލޭޝަން ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

މި އެޖެންސީއަށް ޕަބްލިކް ރިލޭޝަންސް ކޮންސަލްޓަންސީ ޚިދުމަތް ހޯދުމަށް ބޭނުންވާ ރިކުއަރމަންޓަށް ބަދަލުއައިސްފައިވާތީ 1 ޖޫން 2026 ގައި ކުރެވުނު އިޢުލާން: (IUL)199-GAS/199/2026/64 އަށް ހުށަހަޅާފައިވާ ބިޑްތައް ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.  

    

މި ކޮންސަލްޓެންސީ ޚިދުމަތާ ގުޅޭ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި އިޢުލާނާއެކު ހިމެނިފައިއެވަނީއެވެ. އަދި މަޢުލޫމާތު ކަރުދާހުގައި ފާހަގަކޮށްފައިވާ ގޮތަށް ހުށަހަޅަންޖެހޭ ލިޔުންތަކުގެ ޓެމްޕްލޭޓް އިޢުލާންއާއެކު ހިމެނިފައިވާނެއެވެ. ޓީ.އޯ.އާރް އާއި މަޢުލޫމާތު ކަރުދާސް އެޖެންސީގެ ވެބްސައިޓް www.nspa.gov.mv ގައިވެސް ޝާއިޢު ކުރެވިފައި ވާނެއެވެ.

 

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގަޑީގައި މި އޮފީހަށް ދުރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.

ތަފްޞީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސެޝަން

14 ޖޫން 2026

އާދިއްތަ

10:00

އަންދާސީ ޙިސާބު ހުށަހެޅުން

18 ޖޫން 2026

ބުރާސްފަތި

10:00

އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މއ. އުތުރުވެހީގެ (6 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް) އަށް.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

-          ފޯން:  3005353+960-

-          އީމެއިލް: [email protected]

 
   

 

9 ޖޫން 2026    

09 ޖޫން 2026