ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2015/03
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 18 ޖަނަވަރީ 2016 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ ޓްރެއިނީ

އިޢުލާން

މަޤާމް :

އޮފިސަރ ޓްރެއިނީ

ބޭނުންވާ އަދަދު :

01

މުސާރަ :

  1. -/4401 ރުފިޔާ (ހަތަރު ހާސް ހަތަރު ސަތޭކަ އެއް ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް :

  1. -/1890 ރުފިޔާ (އެއް ހާސް އަށް ސަތޭކަ ނުވަދިހަ ރުފިޔާ)

 

އޮފީސް :

ފުވައްމުލައް ޕޯސްޓް އޮފީސް

މަޤާމުގެ ޝަރުޠު :

  • ޖީ.ސީ.އީ އޭލެވެލް ނުވަތަ އޯލެވެލްގެ މަސައްކަތާ ގުޅޭ މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު އިނގިރޭސިއާއި ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި ކުރެވޭ އިންޓަރވިއުއިން ފާސްވުން ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލްގެ މަސައްކަތާ ގުޅޭ މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު އިނގިރޭސިއާ ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި ކުރެވޭ އިންޓަރވިއުއިން ފާސްވުން ނުވަތަ؛
  • ގްރޭޑް 8 ގެ ފެންވަރު ހުރުމާއި ކުރެވޭ އިންޓަރވިއުއިން ފާސްވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކު ކަމުގައި ނުވުން
  • މިވަޒީފާއަށް މީހުން ހޮވުމުގައި އޮފީހުގައި ޚިދުމަތްތައް ފޯރުވައިދިނުމުގެ އިތުރުން އިދާރީ މަސައްކަތްތަކާއި، ފައިސާގެ މަސައްކަތްތަކާއި، މޭލް ބެހުމާއި މޭލްބޭގްތައް ޙަވާލުވުމާއި އަދި ފޮނުވުންފަދަ މަސައްކަތްތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް :

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ ހުށަހަޅުއްވަން ޖެހޭނެއެވެ)

ސުންގަޑި :

މި މަޤާމަށް ޝައުގުވެރިވަޑައިގަންނަވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 18 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފަންގިފިލާއަށް ވަޑައިގެން އެޗްއާރު ސެކްޝަނަށް ހުށަހެޅުއްވުން ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑްއޮފީހުގެ ފެކްސް ނަންބަރު 3321559 ފެކްސް ކުރެއްވުން އެދެމެވެ. ފުވައްމުލަކުންނަމަ، ފުވައްމުލަކު ޕޯސްޓް އޮފީހަށް ފޮނުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ.

އިތުރު މަޢުލޫމާތު :

މި މަޤާމުތަކަށް އެދިވަޑައިގެން ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާތިލްކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009270،3009271،3009272

ފެކްސް: 3321559

 

13 ޖަނަވަރީ 2016