ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2026/173
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 15 ޖޫން 2026 13:30
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

 

އިޢުލާން

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.

މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު

      J-431348

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ރޭންކް 7 – ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ހިއުމަން ރިސޯސް ޑިވިޜަން / ފޮރިންގ ރެކްރޫޓްމަންޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ / މާލެ

މުސާރަ

-/9,845 ރުފިޔާ

މަޤާމުގެ އެލަވަންސް

-/4,595 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެމްބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
  3. ހާޒިރީ އެލަވަންސް: ހާޒިރުވާ ދުވަހަކަށް -/125 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ދުވަހުން ދުވަހަށް ކަނޑަ އެޅިފައިވާ އަތޮޅު ތަކުގެ ވޯރކްޕާރމިޓް އިމިގުރޭޝަނަށް ހުށަހެޅުމަށް ތައްޔާރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން އިމިގުރޭޝަނަށް ހުށަހުޅުން.
  2.  މިނިސްޓްރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވޯކްޕާމިޓް މުއްދަތު އިތުރުކުރުމަށް މިނިސްޓްރީ އޮފް އެކްނޮމިކް ޑިވޮލޮޕްމަންޓަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ދެމަސްދުވަހުގެ ކުރިން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓަށް ހުށަހުޅުން.
  3. މިނިސްޓްރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅިފައިވާ އަތޮޅުތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވާރކްޕާމިޓް ފީދެއްކުމަށް މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީއަށް ހުށަހެޅުމަށް ތައްޔާރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް ވާކްޕާމިޓް މުއްދަތު ހަމަވުމުގެ ދެމަސްކުރިން މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީއަށްހުށަހުޅުން.
  4. މިނިސްޓރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ދުވަހުން ދުވަހަށް ވިސާ އިތުރުކުރުމަށް އިމެގުރޭސަނަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް ކަންޑައެޅިފައިވާ މުއްދަތު ހަމަވުމުގެ އެއްމަސް ކުރިން ވިސާ އެކްސްޓެންޝަނަށް އިމެގުރޭޝަނަށް ހުށަހުޅުން.
  5. މިނިސްޓްރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ޖެހުމަށްފަހު ޕާސްޕޯޓް އިމިގުރޭޝަނުން ނިންމުމުން އިމިގުރޭޝަނުން ނެގުން. އަދި މިނިސްޓްރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުޥައްޒަފުންގެ ކޮންޓްރެކްޓް ހަމަވުމަށްފަހު އާނުކުރާ ފަރާތްތަކަށް އަދި ކޮންޓްރެކްޓް ބާތިލްކުރާފަރަތްތަކުގެ ވިސާކެންސަލް ކުރުމަށް ހަފްތާއެއްއެއްތެރޭ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓަށް ހުށަހުޅުން.
  6. މިނިސްޓްރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބެންކު އެކައުންޓް ހުޅުވުމަށް މިނިސްޓްރީން ބޭނުންވާ ލިޔެކިއުންތަށް ދުވަހުންދުވަހަށް ދޫކުރުން. އަދި ބިދޭސީ މުވައްޒަފުންގެ މަސައްކަތު ތަޖްރިބާއާއި ގުޅޭގޮތުން ބޭނުންވާ އެކްސްޕީރިއަންސް ލެޓަރ ދޫކުރުން.
  7. މިނިސްޓްރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުން ޗުއްޓީ އަށްދިއުމަށް އަދި ޗުއްޓީ ނިންމުމަށްފަހު އަންނަ މުވައްޒަފުންގެ ލީވްއެޕްރޫވަލް އަދި ލީވް ކޮމްޕުލީޝަން ލެޓަރ ދުވަހުން ދުވަހަށް ދޫކުރުމާއި އެއްއަތޮޅުން އަނެއް އަތޮޅަށް ބަދަލުކުރާ މުވައްޒަފުންނާ ކޮންޓްރެކްޓް ބާތިލް ކުރާ ފަރާތްތަކުގެ އެންމެހާ ލިޔެކިއުންތަށް ތައްޔާރުކޮށް އަތޮޅުތަކަށް ފޮނުވުން.
  8. ކަނޑަ އެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންނާ ގުޅޭގޮތުން ސަރުކާރުގެ އޮފީސްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތަށް ފޮނުވުމާ އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ދުވަހުން ދުވަހަށް ކުރުމާއި ބިދޭސީ މުވައްޒަފުންނަށް ޕާސްޕޯޓް އަދި ވާރކްޕާމިޓް ކާޑު ކަނޑަ އެޅިފައިވާ ވަގުތު ތަކުގައި ދޫކުރުން.
  9. މިނިސްޓްރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑަ އެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ މައުލޫމާތު ސީއެސް ވިއުގައަށް އަޕްޑޭޓްކުރެވިފައިވޭތޯ ބެލުމާއި އަދި ހަވާލުކުރެވިފައިވާ އަތޮޅުތަކުގައި މަސައްކަތްކުރާ ބިދޭސީ މުޥައްޒަފުންގެ މައުލޫމާތު ސީއެސް ވިއުގައަށް އަދާހަމަކުރުން.
  10. ކަނޑަ އެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ އެންމެހާ ލިޔެކިޔުންތަށް ރައްކާތެރިކާމާ އެކު ފައިލްކޮށް، ހޯދަން ޖެހޭ ވަގުތުތަކުގައި ފަސޭހައިން ފެންނާނެހެން ފައިލްކޮށް ބެލެހެއްޓުން.އަދި ބިދޭސީ މުވައްޒަފުންގެ އެންމެހާ ރެކޯޑްތަށް ފަސޭހައިން ފެންނާހެން ކޮމްޕއުޓަރުގައި ބަލަހައްޓަމުން ގެންދިއުން.
  11. މިނިސްޓްރީގެ ފޮރިން ރެކްރޫޓްމަންޓް ސެކްޝަނުގެ މެއިލްތައް ކޮންމެ ދުވަހަކު ޗެކްކޮށް މެއިލްތަކަށް ދުވަހުން ދުވަހަށް ޖަވާބުދީ،އެފަރާތްތަކުން ބޭނުންވާ މަޢުލޫމާތުތަށް ދުވަހުން ދުވަހަށް އޮޅުން ފިލުވައިދީ، ވަޒީފާ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ދަފްތަރު ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  12. މިނިސްޓްރީގެ ރެކްރޫޓްމަންޓް މެއިލްއަށް ހުށަހަޅާ ސީވީތަށް ޗެކްކޮށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ކައުންސިލްތަކަށް ހުށަހަޅަންޖެހޭ ސެޓްފިކެޓްތަކުގެ ކޮޕީ ތަށް ހަމަކޮށް ،ކައުންސިލްތަކަށް ހުށަހަޅަންޖެހޭ ލިޔެކިއުންތަށް ހުށަހެޅުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށްފަހު ގުޅުންހުރި ކައުންސިލް ތަކަށް ހުށަހެޅުން.
  13. މިނިސްޓްރީއަށް ވަޒީފައަށް އެދޭފަރާތްތަކަށް ދުވަހުން ދުވަހަށް ސްޓޭޓަސް އަޕްޑޭޓްކޮށް އެޕްލިކަންޓުންނަށް ދުވަހުން ދުވަހަށް ފޮނުވާ ދަފްތަރު އަޕްޑޭކޮށް ބެލެހެއްޓުން.
  14. މިނިސްޓްރީއަށް ޑައިރެކްޓްކޮށް ހުށަހަޅާ އެޕްލިކެޓުންގެ ޑޮކިއުމަންޓް ރިފަރެންސް ހަދަންބޭނުންވާ ހާލަތްތަކުގައި ފަސޭހައިން ފެންނާނެހެން ސާވާގައި ރައްކާތެރިކަންމަތީ ބެލެހެއްޓުން. އަދި ހާޑްކޮޕީ ހުށަހަޅާ ފަރާތްތަކުގެ ހާޑްކޮޕީ ފަސޭހައިން ފެންނާނެހެން ބަލަހައްޓަމުން ގެންދިއުން.
  15. ކޮންމެ ދުވަހަކު އެއްފަހަރު ގުޅުންހުރި ކައުންސިލްތަކަށް އެޕްލައި ކޮށްފައިވާ ޑޮކިއުމަންޓްތަކުގެ މަޢުލޫމާތު ބަލާ އެޕްރޫވަލް އަވަސް ކުރުމަށް ކައުންސިލް ތަކަށް ބާރު އެޅުން.
  16. އަލަށް ރެކްރޫޓް ކުރެވޭ ފަރާތްތަކުގެ ވޯކްޕާމިޓް އިމިގްރޭޝަނަށް ހުށަހެޅުމަށް ތައްޔާރުކުރަންޖެހޭ ޑޮކިއުމަންޓްތައް ތައްޔާރުކޮށް ، އޮފަރލެޓަރ ސޮއިކޮށް ފޮނުވުމުން އަދި ޑައިރެކްޓްކޮށް ނޫންގޮތުގައި އޮފަރ ދޫކޮށްފައިވާ ފަރާތްތަކުން ޑޮކިއުމަޓް ހަމަކޮށް ވާކްޕާމިޓަށް ހުށަހަޅާތާ ލަސްވެގެން ދެދުވަސްތެރޭ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓަށް ހުށަހުޅުން.
  17. ވޯކްޕާމިޓަށް އެޕްލައިކުރާ އެޕްލިކޭޝަންތަށް ވޯކްޕާމިޓް ދޫކުރާތާ ލަސްވެގެން ދެދުވަސް ތެރޭ ކެންޑިޑޭޓުންނަށް އަދި އެޖެންސީ ތަކުން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވޯކްޕާމިޓް ފޮނުވުން.
  18. ކައުންސިލްތަކުން ރިޖެކްޓްވާ އެޕްލިކޭޝަންސް ސަބަބުދެނެގަނެ ރީއެޕްލައި ކުރަންޖެހޭ އެޕްލިކޭޝަންތަށް ރީއެޕަލައިކޮށް ރިޖެކްވާފާރާތްތަކުގެ މައުލޫމާތު ރިފަރެންސް ހެދޭނެ އިންތިޒާމެއްގެ މަތިން ބަލަހައްޓާ އެފަރާތްތަކަށް އެކަން ލަސްވެން ދެދުވަސްތެރޭގައި އެގުން.
  19. ގުޅުންހުރި މަސަކަތްތަކާ ގުޅޭގޮތުން އިދަރީ އެންމެހާ މަސައްކަތްތަށް ދުވަހުންދުވަހަށް ކުރަމުން ގެންދިއުން.
  20. ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ  ހާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން 
  • އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް 
  • ބިހޭވީރިއަލް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ 
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް 
  • ބިޒްނަސް މެނޭޖްމަންޓް 
  • ޑޭޓާ އެނަލިޓިކްސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  • ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް 
  • ހިއުމަން ކެޕިޓަލް ލީޑަރޝިޕް 
  • ހިއުމަން ކެޕްޓަލް މެނޭޖްމަނަޓް 
  • ހިއުމަން ޑިވެލޮޕްމަންޓް 
  • ހިއުމަން މެނޭޖްމަންޓް އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް 
  • ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް 
  • ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް މެނޭޖްމަންޓް 
  • ހިއުމަން ރިސޯސަސް އެންޑް އޮގަނައިޒޭޝަނަލް ބިހޭވިއަރ 
  • ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް 
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް 
  • ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް 
  • ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓަލަންޓް މެނޭޖްމަންޓް 
  • ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓްރޭނިންގ 
  • ހިއުމަން ރިސޯސް ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް 
  • ހިއުމަން ރިސޯސަސް 
  • ހިއުމަން ރިސޯސަސް އެޑްމިނިސްޓްރޭޝަން 
  • ހިއުމަން ރިސޯސަސް އެންޑް އެމްޕްލޯއިމަންޓް 
  • ހިއުމަން ރިސޯސަސް އެންޑް ނޮލެޖް މެނޭޖްމަންޓް 
  • ހިއުމަން ރިސޯސަސް އެންޑް ޓެލަންޓް ޑިވެލޮޕްމަންޓް 
  • ހިއުމަން ޓެލަންޓް މެނޭޖްމަންޓް 
  • ލީޑަރޝިޕް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  • ލީޑަރޝިޕް އެންޑް ޓެލަންޓް މެނޭޖްމަންޓް 
  • ލަރނިންގ އެންޑް އޯގަނައިޒޭޝަނަލް ޗޭންޖް 
  • މެނޭޖްމަންޓް 
  • މެނޭޖްމަންޓް އެންޑް ޕީޕަލް މެނޭޖްމަންޓް 
  • މެނޭޖްމަންޓް ސައިކޮލޮޖީ 
  • އޯގަނައިޒޭޝަނަލް ޑިވެލޮޕމަންޓް 
  • އޮގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ 
  • އޯގަނައިޒޭޝަނަލް ސައިކޮލޮޖީ 
  • ޕީޕަލް މެނޭޖްމަންޓް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  • ޕަރސަނަލް މެނޭޖްމަންޓް 
  • ޕަރސަނަލް މެނޭޖްމަންޓް އެންޑް ލޭބަރ ޕްރެކްޓިސް 
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  • ޕަބްލިކް ޕޮލިސީ 
  • ސްޓްރެޓީޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  • ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް 
  • ވަރކް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ 
  • ވަރކް ސައިކޮލޮޖީ 
  • ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް 
  • ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް  

ގުޅޭ ވަޒީފާގެ ދާއިރާ

  • ރެކްރޫޓްމަންޓް އެންޑް ސެލެކްޝަން
  • އޮގަނައިޒޭޝަނަލް ބިހޭވިއަރ
  • ޕަރފޯމަންސް މެނޭޖްމަންޓް
  • އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ނުވަތަ ކޮމްޕެންސޭޝަން މެނޭޖްމަންޓްއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  

https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx  

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 15 ޖޫން 2026 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާނު، އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އޮންނާނީ، 2026 ޖޫން މަހު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]   އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014409، 3014403، 3014408 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ[email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

09 ޖޫން 2026