ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)254/254/2026/36
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 17 ޖޫން 2026 14:00
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ނެގުމަށް ނިންމާފައިވާ ކޮމެޓީއާއި ގުޅޭ

ކައުންސިލްގެ 5 ވަނަ ދައުރުގެ 2 ވަނަ އާންމު ބައްދަލުވުމުން ފާސްކޮށްފައިވާ ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ގޮތްނިންމުމާއި މަޝްވަރާކުރުމަށް ހަދާ ކޮމެޓީ އެކުލަވާލުމަށް، ޝައުގުވެރުކަންހުރި ފަރާތްތަކަށް ފުރުޞަތު ދިނުމަށް ކައުންސިލުންވަނީ ނިންމާފައެވެ. ކޮންމެ ދާއިރާއަކުން އެއްބޭފުޅަކު ހިމެނޭހެން 10 ނުވަތަ 12 މީހުންގެ ކޮމެޓީއެއް އެކުލަވާލުމަށް ވަނީ ގަސްތުކުރެވިފައެވެ.

         މިކޮމެޓީގެ ބޭނުމަކީ ތަރައްޤީ ޕުލޭން އެކުލަވާލުމާއި ރަށުގެ އެކިކަންކަމައިގުޅޭ ބޮޑެތި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ މަޝްވަރާއަށް ދިއުމުގެކުރިން އެކަންކަމުގައި ލަފަޔާ އިރުޝާދުތައް ހޯދުމަށް އެކުލަވާލާ ކޮމެޓީއެކެވެ. މި ކޮމެޓީގައި ހިމެނޭ ބޭފުޅުންނަކީ ކައުންސިލަށް ލަފަޔާއި އިރުޝާދާއި އެހީތެރިކަން ދިނުމުގައި ވަގުތު ދެވޭނެ ފަރާތްތަކަށްވުން ވަރަށް މުހިއްމު ކަމުގައި ފާހަގަކުރަމެވެ.

         ވީމާ ކޮމެޓީއަށް ވަނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 17 ޖޫން 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ފޯމު ފުރުއްވުމަށް ފަހު ކައުންސިލަށް ހުށައެޅުން  އެދެމެވެ.

09 ޖޫން 2026