ނީލަން
ނަންބަރު: J-2016/10
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 18 ޖަނަވަރީ 2016 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޓެލްކޯގައި ހުރި ސައިކަލްތަކެއް ނީލަންކިއުން

މި ކުންފުނީގައި ހުރި މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • 01 ސައިކަލް (ވޭވް 125 S) ރަޖިސްޓަރީ ނަންބަރު (AOA3015) ހަލާކުވެފައިހުރި
  • 01 ސައިކަލް (ވޭވް 110)   ރަޖިސްޓަރީ ނަންބަރު (AOA5687) ހަލާކުވެފައިހުރި
  • 01 ސައިކަލް (ވޭވް 11)   ރަޖިސްޓަރީ ނަންބަރު (AOA6216) ހަލާކުވެފައިހުރި
  • 01 ސައިކަލް (ވޭވް 110)   ރަޖިސްޓަރީ ނަންބަރު (AOA6221) ހަލާކުވެފައިހުރި
  • 01 ސައިކަލް (ވޭވް 110)   ރަޖިސްޓަރީ ނަންބަރު (AOA6224) ހަލާކުވެފައިހުރި
  • 01 ސައިކަލް (ޑްރީމް)       ރަޖިސްޓަރީ ނަންބަރު (AOA7717) ހަލާކުވެފައިހުރި
  • 01 ސައިކަލް (ވޭވް 110)   ރަޖިސްޓަރީ ނަންބަރު (AOA7718) ހަލާކުވެފައިހުރި
  • 01 ސައިކަލް (ވޭވް 125 S) ރަޖިސްޓަރީ ނަންބަރު (AOB1601) ހަލާކުވެފައިހުރި
  • 01 ސައިކަލް (ވޭވް 125 S) ރަޖިސްޓަރީ ނަންބަރު (AOC5366) ހަލާކުވެފައިހުރި

މިތަކެތީގެ ނީލަން ފެށޭ އަގަކީ -/100,000 (އެއް ލައްކަ) ރުފިޔާއެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/2,000 (ދެހާސް) ރުފިޔާއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެ ތަކެތި ބައްލަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ނީލަން ފެށޭ އަގުގެ %50 އަށް ވާ -/50,000 (ފަންސާސް ހާސް) ރުފިޔާ ޑިޕޮޒިޓް ދެއްކެވުމަށް ފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށައަޅުއްވާ އެންމެ މަތީއަގު ބަންދުކޮށް 2016 ޖަނަވަރީ 18 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ހާޒިރުވެ ދެއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަންވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލުކޮށް އަލުން އެ ތަކެތި ނީލަމަށް ލެވޭނެ ކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރި ނުވެވޭނެއެވެ. އަދި އެފަރާތުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާވެސް ނުލިބޭނެއެވެ.

ނީލަމުގައި ބައިވެރިވެލެއްވި ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބު ކުރި ފަރާތްނޫން އެެހެން ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ނީލަން ނީމޭތާ ގިނަވެގެން (ސަރުކާރު ބަންދު ދުވަސް ނުހިމަނާ) 7 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް ޙަވާލު ކުރެވޭނެއެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފު ކުރެއްވުމަށް ނަންބަރު 7793503 ފޯނާ ގުޅުއްވުން އެދެމެވެ. އަދި މި އިޢުލާން ނުކުތުމުން މި ކުންފުނީގެ ނަންބަރު: 07/2016-ޖޭ (06 ޖަނަވަރީ 2016) އިޢުލާން ބާޠިލުވާނެ ކަމުގައި ދެންނެވީމެވެ.

30 ރަބީޢުލްއައްވަލް 1437 

10 ޖަނަވަރީ 2016