ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިމަރުކަޒުގައި ޕްރީސްކޫލް މަރުޙަލާއަށް ކިޔަވައިދިނުމަށްޓަކައި، ކުރީގެ ދަނާލުގެ އޮފީސް އިމާރާތާއި، އެކޮމަޑޭޝަން ބްލޮކް މަރާމާތުކޮށް 2 ކްލާސްރޫމަށް ބަދަލުކުރުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު GS17/2016/006 އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ދިނުން |
ލ.އަތޮޅު ތަޢުލީމީ މަރުކަޒު |
ބުރާސްފަތި |
21 ޖަނަވަރީ 2016 |
10:30 |
ބިޑް ހުށަހެޅުން |
ލ.އަތޮޅު ތަޢުލީމީ މަރުކަޒު |
ހޯމަ |
25 ޖަނަވަރީ 2016 |
10:30 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 6800013 ނަންބަރު ފޯނަށެވެ.
03 ރަބީޢުލްއާޚިރު 1437