ދިވެހިރާއްޖެ
ގއ.ކޮނޑޭ ވިލިނގިލި ކުއްޔަށް ދޫކުރުން:
މި ކައުންސިލްގެ އިޙްތިޞޯސްގެ ތެރޭގައި ހިމެނޭ 4.7 ހެކްޓަރުގެ ފަޅުރަށް (ގއ.ކޮނޑޭ ވިލިނގިލި) މީލާދީ 15 އަހަރު ދުވަހުގެ މުއްދަތައް ބީލަން އުޞޫލުން ކުއްޔަށް ދޫކުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ކޮނޑޭ ވިލިނގިލި ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ޑޮއުމެންޓް ބައްލަވައި ގަތުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ކޮނޑޭ ވިލިނގިލި ކުއްޔަށް ދޫކުރުމާއި ބެހޭ ބިޑް ޑޮކިއުމެންޓް ވިއްކުން ކުރިއަށް ދާނީ 9 ޖޫން 2026 އާއި، 18 ޖޫން 2026 އާއި ދެމެދުގައެވެ. ބިޑް ޑޮކިއުމެންޓް ގަތުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ފައިސާ ޖަމާކުރި ސްލިޕާއެކު ކައުންސިލް އީމެއލް [email protected] އަށް އީމެއިލް ކުރެއްވުމުން އެ ފަރާތަކަށް ބިޑް ޑޮކިމެންޓް އީމެއިލް ކުރެވޭނެއެވެ. ބިޑް ޑޮކިއުމެންޓްގެ އަގަކީ 200 (ދުއިސައްތަ) ޔޫ.އެސް ޑޮލަރެވެ.
ކޮނޑޭ ވިލިނގިލި ކުއްޔަށް ނެންގެވުމަށް ޕްރޮޕޯސަލް ހުށަހަޅުއްވަން ޖެހޭ ތާރީޚަކީ 25 ޖޫން 2026 ވަނަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށެވެ. ޕްރޮޕޯސަލްތައް ހުޅުވުމަށް ހަމަޖެހިފައިވަނީވެސް 25 ޖޫން 2026 ވަނަ ދުވަހުގެ 13:00 ގައި ޕްރޮޕޯސަލް ހުށަހެޅުއްވި ފަރާތްތަކުގެ ހާޟިރުގައެވެ. ޕްރޮޕޯސަލް ބަލައި ގަތުމާއި، ހުޅުވުމުގެ ކަންކަން ކުރިއަށް ދާނީ ކޮނޑޭ ކައުންސިލް އިދާރާގެ މީޓިންގ ހޯލުގައެވެ. ކައުންސިލް އިދާރާއަށް ވަޑައިނުގެން އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ އެއްވެސް ޕްރޮޕޯސަލްއެއް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑް ޑޮކިއުމެންޓް ބައްލަވައި ނުގަންނަވާ އެއްވެސް ފަރާތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލެއް ބަލައި ނުގަނެވޭއެވެ.
ކޮނޑޭ ވިލިގިލި ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ޑޮކިއުމެންޓް ގަތުމަށް އެދޭ ފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ސާފް ކުރައްވަން ބޭނުންވެލައްވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ
ސަރަޙައްދީ މަގު، ގއ.ކޮނޑޭ، ދިވެހިރާއްޖެ،
ފޯން އަދި ފެކްސް: 6821045 / 9662499
އީމެއިލް : [email protected]