ދިވެހިރާއްޖެ
އިޢުލާން
ހައްދުންމަތީ މާވަށު ރައްޔިތންގެ ތެޔޮފިހާރަ ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ.
މިއިދާރާގެ IUL)400/INDIV/2015/59)ފ08 ޑިސެންބަރު 2015 ގައި ކުރެވިފައިވާ ނަންބަރު އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ބަލައި އިވެލުއޭޓްކުރިއިރު ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި ބައެއްލިޔުންތައް ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި އިންވެސްޓްމަންޓް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
27 ރަބީޢުލްއައްވަލް 1437