|
އެންޓިކޮރަޕްޝަން ކޮމިޝަން
މާލެ، ދިވެހިރާއްޖެ
|
|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް:
|
22 ޛުލްޙިއްޖާ 1447
8 ޖޫން 2026
|
|
ނަންބަރު:
|
(IUL)123-HR/123/2026/67
|
|
މަޤާމް:
|
ސްޓެޓިސްޓީޝަން
|
|
މަޤާމުގެ ރޭންކް:
|
ޕަބްލިކް ސަރވިސް ރޭންކް 8 – ސްޓެޕް 1
|
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
|
މަސައްކަތް ކުރަންޖެހޭ ތަން:
|
އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ
|
|
ސެކްޝަން:
|
ރިސަރޗް އެންޑް ޕޮލިސީ ސެކްޝަން
|
|
މުސާރަ:
|
-/12،790 (ބާރަ ހާސް ހަތް ސަތޭކަ ނުވަ ދިހަ ރުފިޔާ)
|
|
މަޤާމުގެ އެލަވަންސް:
|
-/5،965 (ފަސް ހާސް ނުވަ ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)
|
|
އެހެނިހެން އެލަވަންސް:
|
ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/160 ރުފިޔާ
|
|
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ޝަރުތު:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)
|
|
މަގާމުގެ މަސައްކަތްތަކާގުޅޭ ތަޢުލީމީ ދާއިރާތައް
ސްޓެޓިސްޓިކްސް، ސްޓެޓިސްޓިކަލް މޮޑެލިންގ، ސްޓެޓިސްޓިކަލް ޑޭޓާ މޮޑެލިންގ، ސްޓެޓިސްޓިކަލް ޑޭޓާ ސައިންސް، ސްޓެޓިސްޓިކަލް ޕްރެކްޓިސް، ސްޓެޓިސްޓިކަލް ސައިންސް، އެޕްލައިޑް ސްޓެޓިސްޓިކްސް، އެޕްލައިޑް ސްޓެޓިސްޓިކްސް އެންޑް ޑޭޓާ އެނަލިޓިކްސް، އެޕްލައިޑް ސްޓެޓިސްޓިކްސް އެންޑް ޑޭޓާ މައިނިންގ، އެޕްލައިޑް ސްޓެޓިސްޓިކްސް އެންޑް ރިސަރޗް މެތަޑްސް، ސްޓެޓިސްޓިކަލް މެތަޑްސް އެންޑް އެޕްލިކޭޝަންސް، ސްޓެޓިސްޓިކްސް އެންޑް އެޕްލައިޑް ޕްރޮބަބިލިޓީ، ސްޓެޓިސްޓިކްސް އިންފޮމޭޝަން މެނޭޖްމަންޓް.
މެތަމެޓިކްސް، އެޕްލައިޑް މެތަމެޓިކްސް، މެތަމެޓިކަލް މޮޑެލިންގ، މެތަމެޓިކަލް ސްޓެޓިސްޓިކްސް، މެތަމެޓިކްސް ސްޓެޓިސްޓިކްސް އެންޑް ޑޭޓާ ސައިންސް.
ޑޭޓާ ސައިންސް، އެޕްލައިޑް ޑޭޓާ ސައިންސް، ޑޭޓާ މެނޭޖްމަންޓް، އެނަލިޓިކްސް، ސްޓެޓިސްޓިކަލް އެނަލިޓިކްސް، އެޕްލައިޑް ޑޭޓާ އެނަލިޓިކްސް، ފަންކްޝަނަލް ޑޭޓާ އެނަލިޓިކްސް، ބިގް ޑޭޓާ އެނަލިޓިކްސް، ބިގް ޑޭޓާ ޓެކްނޮލޮޖީ، ޑޭޓާ ސައިންސް އެންޑް އެނަލިޓިކްސް، މާކެޓިންގ އެނަލިޓިކްސް، މާކެޓިންގ އެންޑް ޑޭޓާ އެނަލިޓިކްސް، ބިޒްނަސް ޑޭޓާ ސައިންސް، ބިޒްނަސް އެނަލިޓިކްސް، ބިޒްނަސް ޑޭޓާ އެނަލިޓިކްސް، ޑޭޓާ އެންޑް ބިޒްނަސް އެނަލިޓިކްސް، ބިޒްނަސް އިންޓެލިޖަންސް އެންޑް ޑޭޓާ އެނަލިޓިކްސް، އިންފޮމޭޝަން އެނަލިޓިކްސް، ސިވިކް އެނަލިޓިކްސް، ސޮޝަލް ޑޭޓާ އެނަލިޓިކްސް، ހިއުމަން އެންޑް ސޯޝަލް ޑޭޓާ ސައިންސް، އަރބަން އެނަލިޓިކްސް، ޑޭޓާ އެނަލިޓިކްސް އެންޑް އޮޕަރޭޝަންސް މެނޭޖްމަންޓް، ޑޭޓާ އެނަލިޓިކްސް އެންޑް ޕޮލިސީ، ޑޭޓާ އެނަލިޓިކްސް އެންޑް ޑިޒިޝަން ސައިންސް، އެންވަޔަރަމަންޓަލް ޑޭޓާ ސައިންސް، ޕޮލިޓިކްސް އެންޑް ޑޭޓާ އެނަލިޓިކްސް، އިކޮނޮމިކްސް އެންޑް ޑޭޓާ އެނަލިޓިކްސް، ޑިވެލޮޕްމަންޓް ސައިންސް އެންޑް ޑޭޓާ އެނަލިޓިކްސް، ކްރިމިނޮލޮޖީ އެންޑް ޑޭޓާ އެނަލިޓިކްސް، ޑޭޓާ އެނަލިޓިކްސް އެންޑް ފައިނޭންސް، ޑޭޓާ އެނަލިޓިކްސް އެންޑް ފައިނޭންސް، ޑޭޓާ އެނަލިޓިކްސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް، ޑޭޓާ އެނަލިޓިކްސް އެންޑް ޕޮރޮޖެކްޓް މެނޭޖްމަންޓް، ޑޭޓާ އެނަލިޓިކްސް އެންޑް ބިޒްނަސް އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ޑޭޓާ އެނަލިޓިކްސް، އެކައުންޓިންގ ޑޭޓާ އެނަލިޓިކްސް، ސްޓެޓިސްޓިކަލް ޑޭޓާ އެނަލިޓިކްސް، ސްޓެޓިސްޓިކްސް އެންޑް ޑޭޓާ އެނަލިޓިކްސް، ޑޭޓާ އިންޓެންސިވް އެނަލިސިސް، ޑޭޓާ އެނަލިޓިކްސް އެންޑް އާޓިފިޝަލް އިންޓެލިޖަންސް، ސެޓަލައިޓް ޑޭޓާ ސައިންސް، ހެލްތް ކެއަރ ޑޭޓާ އެނަލިޓިކްސް، ހެލްތް ކެއަރ އެނަލިޓިކްސް އެންޑް އާޓިފިޝަލް އިންޓެލިޖަންސް، އެނަލިޓިކަލް ސައިންސް، ޕްރެޑިކްޓިވް އެނަލިޓިކްސް، އެޕްލައިޑް ޑޭޓާ އެންޑް ޕްރެޑިކްޓިވް އެނަލިޓިކްސް، ޑޭޓާ ސައިންސް އެންޑް ޕްރެޑިކްޓިވް އެނަލިޓިކްސް، ޕްރެޑިކްޓިވް އެނަލިޓިކްސް އެންޑް ރިސްކް މެނޭޖްމަންޓް، ޕްރެޑިކްޓިވް އެނަލިސިސް އެންޑް ޑޭޓާ ވިޝުއަލައިޒޭޝަން، އެޕްލައިޑް ޑޭޓާ އެނަލިޓިކްސް އެންޑް ވިޝުއަލައިޒޭޝަން، އެކްޗޫރަލް ސައިންސް އެންޑް ޕްރެޑިކްޓިވް އެނަލިޓިކްސް، އެޕްލައިޑް އިކޮނޮމިކްސް އެންޑް ޕްރެޑިކްޓިވް އެނަލިޓިކްސް.
އިކޮނޮމިކްސް، އެޕްލައިޑް އިކޮނޮމިކްސް، ފައިނޭންޝިއަލް އިކޮނޮމިކްސް، މަނިޓަރީ އެންޑް ފައިނޭންޝިއަލް އިކޮނޮމިކްސް، އިކޮނޮމިކްސް އެންޑް ފައިނޭންސް، އިކޮނޮމިކްސް އެންޑް ކޮމަރސް، ބިޒްނަސް އިކޮނޮމިކްސް، އިކޮނޮމިކްސް އެންޑް ބިޒްނަސް، އިކޮނޮމިކްސް އެންޑް ބިޒްނަސް އިކޮނޮމިކްސް، ޑިވެލޮޕްމަންޓަލް އިކޮނޮމިކްސް، އިކޮނަމިކްސް އެންޑް އިކޮނޮމެޓްރިކްސް، ޕޮލިސީ އިކޮނޮމިކްސް، ޕަބްލިކް އިކޮނޮމިކްސް.
އިކޮނޮމިކްސް އެންޑް ސްޓެޓިސްޓިކްސް، ލޭބަރ އިކޮނޮމިކްސް، އިންޑަސްޓްރިއަލް އިކޮނޮމިކްސް، ހެލްތް އިކޮނޮމިކްސް، ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އެންޑް އިކޮނޮމިކްސް، އެޑިއުކޭޝަން އިކޮނޮމިކްސް، އެންވަރަމަންޓަލް އިކޮނޮމިކްސް، ފިޝަރީޒް އިކޮނޮމިކްސް، މެރީން އިކޮނޮމިކްސް، މެރީން އިކޮނޮމިކްސް އެންޑް ފައިނޭންސް، ލޭންޑް އިކޮނޮމީ، ލޭންޑް އިކޮނޮމިކްސް، ލޭންޑް އިކޮނޮމިކްސް، ޕްރޮޕަޓީ އިކޮނޮމިކްސް،ރެއަލް އެސްޓޭޓް އިކޮނޮމިކްސް، ރެއަލް އެސްޓޭޓް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް، އަރބަން އިކޮނޮމިކް ޑިވެލޮޕްމަންޓް، އަރބަން އެންޑް އިކޮނޮމިކް ޖޯގްރަފީ، މެރިޓައިމް އިކޮނޮމިކްސް، ޓްރާސްޕޯޓް އެކޮނޮމިކްސް، ސޯޝަލް އިކޮނޮމިކްސް، އެގްރިކަލްޗަރަލް އިކޮނޮމިކްސް، އެގްރިކަލްޗަރަލް އިކޮނޮމިކްސް އެންޑް އެގްރި ބިޒްނަސް، އެގްރިކަލްޗަރަލް އެންޑް ރިސޯސް އިކޮނޮމިކްސް، އެގްރިބިޒްނަސް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް، އެގްރި-ބިޒްނަސް އެންޑް އެޕްލައިޑް އިކޮނޮމިކްސް، އެގްރިކަލްޗަރަލް އެންޑް ފުޑް އިކޮނޮމިކްސް، އެގްރި-ފުޑް އިކޮނޮމިކްސް އެންޑް ޓްރޭޑް، ފުޑް އެންޑް ރިސޯސް އިކޮނޮމިކްސް، ލޯ އެންޑް އިކޮނޮމިކްސް، ބިހޭވޭރިއަލް އިކޮނޮމިކްސް، ޕަބްލިކް ޕޮލިސީ އިކޮނޮމިކްސް،
އިކޮނޮމެޓްރިކްސް، އެޕްލައިޑް އިކޮނޮމެޓްރިކްސް، އިކޮނޮމިކްސް އެންޑް އިކޮނޮމެޓްރިކްސް.
|
|
މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް
|
ތަފާސް ހިސާބާގުޅޭ މަސައްކަތްތައް، ދިރާސާކުރުމާބެހޭ މަސައްކަތްތައް
|
|
މައިގަނޑު މަސައްކަތް:
|
- ކޮމިޝަނުގެ ތަފާސްހިސާބު ނެގުމަށް ކަނޑައެޅިފައިވާ އޮނިގަނޑު އަދާހަމަކޮށް ބެލެހެއްޓުން.
- ތަފާސްހިސާބު ނެގުމުގައި ސެކްޝަން/ޑިޕާޓްމެންޓް ތަކަށް ދިމާވާ ގޮންޖެހުންތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ކޮމިޝަނުގެ ތަފާސްހިސާބު މެނުއަލް އަދާހަމަކޮށް، ބަލަހައްޓާ، ސެކްޝަން/ޑިޕާޓްމެންޓްތަކާ ހިއްސާކުރުމާއި އަހުލުވެރިކުރުން.
- ތަފާސްހިސާބު ތަރުޖަމާކޮށް، ސިޔާސަތު ކަނޑައެޅުމަށް، އިވެލުއޭޓްކޮށް މޮނިޓަރކުރުމަށް، އަދި ކޮރަޕްޝަނުގެ ޓްރެންޑްތައް އަންދާޒާކޮށް ޒިންމާވާ ސެކްޝަން ނުވަތަ ޑިޕާޓްމެންޓާއި ހިއްސާކުރުން.
- އެހެން އިދާރާ އަކުން ނުވަތަ ބައިނަލްއަޤްވާމީ އެޖެންސީއަކުން ބޭނުންވެއްޖެ ހާލަތެއްގައި ބޭނުންވާ ތަފާސްހިސާބު ތައްޔާރުކޮށް، ކޮމިޝަނުގެ ލަފާޔާއެކު ހިއްސާކުރުން.
- ކޮމިޝަނުގެ ތަފާސްހިސާބު ފޮތް އެކުލަވާލާ ޝާއިއުކުރުން.
- ތަފާސްހިސާބުގެ މައްޗަށް ރިއާޔަތްކޮށް، ކޮރަޕްޝަންގެ ޢަމަލުތައް ހިންގޭގޮތާއި އެފަދަ ޢަމަލުތަކުގެ ބާވަތްތަކާއި އެ ޢަމަލުތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާއި އެ ޢަމަލުތައް ހިންގާ ގޮތަށް އަންނަ ބަދަލުތައް ދެނެގަތުމަށް އެނަލިސިސް ރިޕޯޓުތައް ތައްޔާރުކޮށް ޝާއިޢުކުރުމާއި، އެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކޮރަޕްޝަންގެ ޢަމަލު ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކޮމިޝަނަށް ދޭންޖެހޭ ލަފާދިނުން.
- ކޮމިޝަނުގެ އަހަރީ ރިޕޯޓަށާއި ކުއާޓަރ ރިޕޯޓުތަކަށް ބޭނުންވާ ތަފާސްހިސާބު ތައްޔާރުކޮށް ފޯރުކޮށްދިނުން.
|
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:
|
- ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20 )
- މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ )
- އިމްތިޙާން ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
- އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )
|
|
އެޕްލިކޭޝަން ސުންގަޑި:
|
15 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.
|
|
ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
- މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
- ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )
|
|
އިތުރު މަޢުލޫމާތު:
|
- ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް، މަޤާމުގެ ޝަރުތު ހަމަވާނަމަ، ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
- އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
- މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމަތޯ ނުވަތަ ހުށަހަޅާފައިވަނީ ރަނގަޅު ލިޔެކިއުންތައްކަން ކަށަވަރު ކުރުމަކީ ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ޖިންމާއެކެވެ.
- މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތަކީ، މަސައްކަތަށް ޤާބިލު މީހެއްކަމުގައި ފެންނަނަމަ، އެ މުވައްޒަފަކާއެކު ކޮމިޝަނުން ދާއިމީ އެއްބަސްވުމެއް ހެދޭނެއެވެ.
- ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.
|
|
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015217 / 3015265
އީމެއިލް: [email protected]
|