ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)289/289/2026/16
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 08:49
ސުންގަޑި:
11 ޖޫން 2026 12:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅުމަށް އެދޭފޯމް ހުށަހެޅުމާއިބެހޭ
މިރަށުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށްދާތީ މިރަށުގެ ގޭގެއަށް ފެނުގެ ކަނެކްޝަން އެޅުމަށް އެދޭފޯމް ހުށަނާޅުއްވާ ގޭގެއިން އެކަމަށްއެދޭ ފޯމް ފުރުއްވުމަށްފަހު 11 ޖޫން 2026 ވަ ބްރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ގޭގޭގައި ބަހައްޓާފައިހުރި ކޮންމެ މީޓަރަކަށް ކަނެކްޝަނެއް އަޅައިދިނުމަށް ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ.
މިއިދާރާގެ ފަރާތުން 2023 ވަނައަހަރު މިކަމަށް ހުޅުވާލި ފުރުޞަތުގައި ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުން މިބުރުގައި ފޯމް ހުށަހަޅުއްވަން ނުޖެހޭނެ ކަމުގައިވެސް ދެންނެވީމެވެ. މިކަމަށް އެދޭފޯމް މިއިދާރާއިން ލިބެން ހުރިވާހަކަ ދެންނެވީމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ޖޫން 2026