ދިވެހިރާއްޖެ
ރަސްދޫ ކައުންސިލްގެ އައުއިމާރާތާއި މިހާރު ހުރި އިމާރާތްތައް ގުޅުވާލުން:
މި އިޢުލާނާއެކު އެއްކަރުސާސްކުރެވިފައިވާ މަޢުލޫމާތު ޝީޓާ އެއްގޮތަށް ރަސްދޫ ކައުންސިލްގެ އައު އިމާރާތާއި މިހާރު ހުރި އިމާރާތްތައް ގުޅުވާލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2026 ޖޫން 18 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް މެއިލް އެޑްރެސް [email protected] އަށް ރަޖިސްޓަރީވާން އެދި މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓަރީވާން އެދި މެއިލް ފޮނުވާއިރު ހުށަހަޅާ ފަރާތް (ކުންފުނި/ޕާޓްނަރޝިޕް/ފަރުދުންގެ ވިޔަފާރި)ގެ ނަން، ވެރިފަރާތުގެ ފުރިހަމަ ނަމާއި އަދި ރަސްމީ ފޯނުނަންބަރު މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް މެއިލްނުކުރާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެއެވެ.
މި އިޢުލާނާއެކު މި މަސައްކަތްތަކުގެ މަޢުލޫމާތާއި އުޞޫލްތައް އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ހިމެނޭ ބިޑް ޑޮކިއުމަންޓް އެއްކަރުދާސްކުރެވިފައި ވާނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ.
މި މަސައްކަތާގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ މަތީގައިއެވާ މެއިލަށް 2026 ޖޫން 17 ވަނަ ދުވަހުގެ ނިޔަލަށް ސުވާލު ހުށަހަޅާ ފަރާތްތަކަށް 2026 ފެބްރުވަރީ 18 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ފޮނުވޭނެއެވެ.
މި މަސައްކަތުގެ ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2026 ޖޫން 21 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.