ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-V/1/2016/1
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:38
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ބިދޭސީން ގެނައުމަށް ކޯޓާ ހޯއްދެވުމަށް ލިޔެކިޔުން ހުށަހެޅުމާބެހޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯއްދެވުމަށް އެދި އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހަޅުއްވާ ލިޔެކިއުންތަކުގެ ސައްހަކަން ކަށަވަރުކުރުމާ ގުޅޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯއްދެވުމަށް އެދި އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހަޅުއްވާ ބައެއް ލިޔެކިއުންތަކުގައިވާ މަޢުލޫމާތުގައި ތަފާތު ހުންނަ ކަމަށް މި ޑިޕާޓްމަންޓަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިކަމުގެ ސަބަބުން އެފަދަ ލިޔެކިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގައި މި ޑިޕާޓްމަންޓަށް ގިނަގުނަ ދަތިތަކާ ދަނީ ދިމާވަމުންނެވެ.

ވީމާ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯއްދެވުމަށް އެދި އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހެޅުއްވި ނަމަވެސް، އެ އެޕްލިކޭޝަންތަކުގެ ސައްޙަކަން ކަށަވަރު ކުރަންޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމުގެ ކުރިން ކޯޓާއަށް އެދޭ "ވާރކް ސައިޓް" ގެ ވެރިފަރާތް، ކޯޓާއަށް އެދޭ ފަރާތް އަދި، ކޯޓާއަށް އެދި ހުށަހަޅުއްވާފައިވާ ލިޔުންތަކުގެ އަސްލާއެކު މި ޑިޕާޓްމަންޓަށް ހާޒިރުކޮށް، ޞައްޙަކަން ކަށަވަރު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ރަބީޢުލްއައްވަލް 1437

06 ޖަނަވަރީ 2016