ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-MA2/30/2026/55
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:57
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
މިއަހަރުގެ ވޯލްޑް އޯޝަންޑޭ ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭ ދިރާގު ބީޗުގައި ކުރިއަށް ގެންދާ "އޯޝަން ފެސްޓިވަލް" ގައި ލުއި ކާނާއާއި ފިނި ބުއިން ލިބޭނެ ގޮތަށް މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކުމުގެ ފުރުޞަތު ހުޅުވާލުން

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން 2026 ޖޫން 20 ވަނަ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 17:30 އަށް ހުޅުމާލޭ ދިރާގު ބީޗުގައި "އޯޝަން ފެސްޓިވަލް"ގެ ނަމުގައި ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.  މިއަހަރުގެ ކަނޑުތަކުގެ ދުވަހުގެ ޝިޢާރަކީ Reimagine: Beyond The World We Know, A New Relationship With Our Ocean (އައު ތަޞައްވުރެއް: އަހަރެމެން ދަންނަ ދުނިޔެއަށްވުރެ ފުން، ކަނޑުތަކާއެކު އުފައްދާ އައު ގުޅުމެއް) މިއެވެ. ވޭތުވެދިޔަ ދެ އަހަރެކޭ އެއް ފަދައިން މިއަހަރުގެ ފެސްޓިވަލްވެސް ކުރިއަށްދާނީ ކުޑަ ކުދިންނަށް ތަފާތު މޫދު ކުޅިވަރުތަކާއެކު އެކިއެކި އޮފީސް/ ކުންފުނިތަކުގެ މަސައްކަތްތައް ކުޑަކުދިންނާ ގުޅޭގޮތަށް ދައްކުވައިދޭ ސްޓޯލް ތަކާއެކުގައެވެ. އެހެންކަމުން މިއަހަރުގެ ފެސްޓިވަލް ކުރިއަށްދާ ވަގުތު އެސަރަޙައްދުން އުފެއްދުންތެރި ލުއި ކާނާއާއި ފިނި ބުއިން ލިބޭނެ ގޮތަށް މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި ފެސްޓިވަލްގައި ޖުމްލަ ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފަސް ފަރާތް ކަމަށްވާތީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ފުރަތަމަ ފޯމް ހުށަހަޅުއްވާ ފަސް ފަރާތަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން https://forms.gle/KQDAr3nQJhZxFK6i8 ގޫގުލް ލިންކް މެދުވެރިކޮށް 14 ޖޫން 2026 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 3339251 / 3339216  އަށް ގުޅުއްވުން އެދެމެވެ.

07 ޖޫން 2026