ދިވެހިރާއްޖެ
IUL:E2/IL/2026/06
ލޭބަރ، ޓަރމިނަލް ސަރވިސް (1*)
މަޤާމުގެ ޝަރުޠު:
-
ގްރޭޑް 7 ނިންމާފައިވުން (ނުވަތަ)
-
އިނގިރޭސި އަދި ދިވެހިން ލިޔަން ކިޔަން އެނގުން ނުވަތަ 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
.
މަޤާމުގެ ގިންތި:
-
ކޮންޓްރެކްޓް (1 އަހަރު)
މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
-
ބަރު އެއްޗެހި އުފުލޭ މީހެއް ކަމުގައިވުން
-
ބުރަކޮށް މަސައްކަތް ކުރެވޭ ހަލުވި މީހެއްކަމުގައިވުން
-
ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތްކުރެވޭފަދަ މީހަކަށްވުން
އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:
-
ޗެކިން ސަރަހައްދު އަދި ވަށައިގެންވާ ހުރިހާ ސަރަހައްދުތަކާއި ތަކެތި ފޮޅާ ސާފުކޮށް މޮޕްލުން.
-
ޗެކިން ފެށުމުގެ 15 މިނެޓްކުރިން ބޮކިތަކާއި އޭސީތައް ޖައްސާ އެއާފްރެޝްނާކުރުމާއި ފާހަނާތަކުގެ ކަރަންޓް ޖައްސާ ބަލާ ޗެކްކުރުން.
-
ފުރަން އަންނަ ފަސިންޖަރުންނަށް (ހާއްސަކޮށް ބަލިމީހުން، އަންހެނުން އަދި މުސްކުޅި ފަސިންޖަރުން) އެހީވުން.
-
ޑިޕާޗަރ ހޯލް އަދި އެސަރަހައްދުގައިވާ ހުރިހާ ތަނަކާއި ތަކެތި ފޮޅާ ސާފުކޮށް މޮޕްކުރުން.
-
އެރައިވަލް ހޯލް އަދި އެސަރަހައްދުގައިވާ ހުރިހާ ތަނަކާއި ތަކެތި ފޮޅާ ސާފުކޮށް މޮޕްކުރުން.
-
ބޯޓު ޖެއްސުމުގެ 10 މިނެޓްކުރިން އޭސީތަކާއި ބޮކިތަށް މަސައްކަތްކުރޭތޯ ބަލައި ޗެކްކޮށް ޖެއްސުން.
-
ޗެކިން އަށް އަންނަ ޕެސެންޖަރުންނަށް ވީލްޗެއަރ ބޭނުން ވެއްޖެ ހާލަތެއްގައި ގެނެސްދީ ޑިޕާޗަރ އާއި ހަމައަށް ވައްދައިދިނުން.
-
ޓަރމިނަލް ސަރަހައްދު ވަށައިގެންވާ ހުރިހާ ތަނަކާއި ތަކެއްޗެށް ސާފުކޮށް ބެލެހެއްޓުން.
-
މަތީގައި ދެންނެވިފައިވާ ކަންތަށްތަކުގެ އިތުރުން ހަވާލުކުރެވޭ (ދާއިރާއާއި ގުޅޭ) އެހެނިހެން މަސައްކަތްތަށްކުރުން.
މުސާރަ އާއި އިނާޔަތްތައް:
-
މުސާރަ: -/5,000 ރުފިޔާ
-
ސާވިސް އެލަވަންސް -/3,450 ރުފިޔާ
-
އަދި ހަމަ ޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސްތައް ދެވޭނެ.
މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، އަދި ހުށަހަޅާ ދުވަހުން ފެށިގެން ހަތަރު މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް ، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ. އޮންލައިންކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން https://jobs.ganairport.com/ ބަޔާން ކުރެވިފައިވާ ލިންކް މެދުވެރިކޮށް އެޕްލައި ކުރެއްވުން އެދެމެވެ.
ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.