މުބާރާތް
ނަންބަރު: (IUL)369/369/2026/17
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:34
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުބާރާތް ސްޕޮންސަރ ކުރުމަށް އަދި މުބާރާތުގެ ވަނަތައް ހޯދާ ފަރާތްތަކަށް އެވޯޑާއި ފައިސާގެ އިނާމު ހުށަހެޅުމަށް ދައުވަތު އެރުވުން (.)

                              މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާއިން އިންތިޒާމުކުރާ މ.މަޑުއްވަރީ ކައުންސިލްގެ 2 ވަނަ ގުރުއާން މުބާރާތް "ހިތްފަހި މ.މަޑުއްވަރި ރަންތާޖު ޤުރުޢާން މުބާރާތް 1447" ޖުލައި/އޯގަސްޓް 2026 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ މ.މަޑުއްވަރީގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުންނަށާއި، ރަށު ސުކޫލުގެ ދަރިވަރުންނަށާއި، އަދި ކައިވެނީގެ ގޮތުން ރަށާ ގުޅިފައިވާ ފަރާތްތަކަށް ހުޅުވާލައިގެން މުޅި މުޖުތަމައަށް އަމާޒުކޮށްގެން ބާއްވާ ޝަރަފުވެރި މުހިންމު ހަރަކާތެކެވެ.

                              މިމުބާރާތް ފެންވަރު ރަނގަޅުކޮށް ކާމިޔާބުކަމާއެކު ބޭއްވުމަށްޓަކައި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނުވަތަ އެވޯޑް ސްޕޮންސަރ ކުރުމަށް ނުވަތަ ތަކެތީގެ އެހީގެ ގޮތުން ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައި، ތިރީގައިވާ ފަރާތްތަކަށް ދައުވަތު އަރުވަމެވެ:

  • ޤުރުޢާނާއި ގުޅުން ހުރި މަރުކަޒުތައް
  • ދީނީ ޕްރޮގްރާމް ހިންގާ ޖަމްޢިއްޔާތައް
  • ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތައް
  • ކްލަބް ޖަމްޢިއްޔާތައް
  • ވިޔަފާރި ކުންފުނިތައް
  • އާންމު ފަރުދުން

 

                               މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކުރައްވައިގެން މުބާރާތުގެ ނަމުގެ ކުރިއަށް އެފަރާތުގެ ނަން ހިމެނުމުގެ ފުރުސަތުވެސް އޮތް ކަމުގައި ދަންނަވަމެވެ. އަދި މާލީގޮތުން އެފަރާތެއްގެ ތަނަވަސްކަން ހުރި މިންވަރަކުން ދެވެން އޮތް ކޮންމެ އެހީތެރިކަމަކީވެސް މި ކައުންސިލުން ނުހަނު އިޙްލާސްތެރިކަމާއެކު ބަލައިގަންނާނެ އެހީތެރިކަމެކެވެ.

މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ފައިސާ ޖަމާކުރާނެ އެކައުންޓު މަޢުލޫމާތު:

  • ބޭންކުގެ ނަން: ބޭންކް އޮފް މޯލްޑިވްސް ޕލކ
  • އެކައުންޓް ނަން: 1416 REVENUE 1
  • އެކައުންޓް ނަންބަރު: 7709700441001

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ.

  • ފޯން: 6720038
  • އީމެއިލް: [email protected]
  • ވެބްސައިޓް: www.maduvvari.gov.mv

 

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޛުލްޙިއްޖާ 1447

07 ޖޫން 2026