ބީލަން
ނަންބަރު: (IUL) 394/394/2026/35
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 18 ޖޫން 2026 10:00
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ރައްކާކުރާ އިމާރާތުގެ ދިޔަދޮވެލި ބަދަލުކުރުމާ ގުޅޭ:

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ގަބުރަސްތާނު ސަރަޙައްދުގައި މި ކައުންސިލުން ހަދާފައިވާ ވާރޭފެން ރައްކާކުރާ އިމާރާތުގެ ދިޔަދޮވެލި ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)394/394/2026/17 އިޢުލާން އަދި ނަންބަރު (IUL)394/394/2026/28  އިޢުލާނާއި ގުޅިގެން އެކަށިގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ ދެންނެވުން އިޢުލާންތައް ބާޠިލްކޮށް، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

                މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް  18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް  [email protected] އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ.  ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.          

ބައްދަލުވުން

ތާރީޙް

ގަޑި

ބީލަމާބެހޭ މަޢުލޫމާތު ދިނުން

18 ޖޫން 2026 (ބުރާސްފަތި)

13:00

އަންދާސީ ހިސާބު ހުށަހެޅުން

22 ޖޫން 2026 (ހޯމަ)

10:00

 

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

07 ޖޫން 2026