ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/142/2026/121
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 15 ޖޫން 2026 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
ދިވެހިރާއްޖެ
މަސައްކަތު ގްރޭޑް 3

އިޢުލާނު

 

މަޤާމު:

މަސައްކަތު ގްރޭޑް 3

މަޤާމް ނަންބަރ:

J-439486, J-439487, J-447521, J-447522, J-447523

ބޭނުންވާ އަދަދު:

05 (ފަހެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 3 – ހަރުފަތް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް، އެޑްމިނިސްޓްރޭޓިވް ސެކްޝަން، ސަޕޯޓް އެންޑް މެއިންޓަނަންސް ޔުނިޓް

އަސާސީ މުސާރަ:

މަހަކު -/9005 ރުފިޔާ، (ނުވަހާސް ފަސް ރުފިޔާ)

މަޤާމުގެ އެލަވަންސް:

މަހަކު -/2705 ރުފިޔާ، (ދެހާސް ހަތްސަތޭކަ ފަސް ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/75 ރުފިޔާ، (ހަތްދިހަ ފަސް ރުފިޔާ)
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑު (01 ނޮވެމްބަރ 2025 އާ އެއްގޮތަށް) އިތުރުގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާއި ބޭހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވުޟޫކުރާބައިތަކާއި، ފާޚާނާތައް ދޮވެ ސާފުކުރުން ( ވުޟޫކުރާ 3 ބަޔާއި، 6 ފާޚާނާބްލޮކްގެ 30 ފާޚާނާ ) އަދި މިސްކިތުގެ މިހުރާބުބަޔާއި ދެވިންގު އަދި މިސްކިތުގެ ސެކަންޑް ފްލޯރ ފޮޅާ ސާފުކުރުން
  2. މަރުކަޒު ސަރަޙައްދު ވަށައިގެންވާ ގަސްބުރުތަކާއި، ބަގީޗާޕާކުތަކުގައި ގަސްއިންދައި ބަލަހައްޓައި، ޢިމާރާތުގެ އެތެރޭގައާއި ޖަލްސާކުރާ ހޯލްގައި ބޭނުންކުރުމަށް ބަގީޗާގަސްތައް ހައްދައި ބެލެހެއްޓުމުގެއިތުރުން ބޮޑެތި ގަސްތަކަށްއަރައި، އެގަސްގަހުން ކޮށަށްޖެހޭ ބައިތައްކޮށައި ބޮޑެތި ގަސްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުން
  3. ޖަލްސާކުރާ ހޯލާއި، ހޯލާއި ގުޅިފައިވާ ބައިތަކާއި މީޓިންގރޫމްތައް އަދި އެތަންތަނުގެ ގޮޑި މޭޒު ފޮޅާ ސާފުކުރުމާއި އޮފީހުގެ އިދާރީ މަސައްކަތްތައްކުރާބައިތަކާއި، ވެރިންގެ ކޮޓަރިކޮޅުތައް ފޮޅާ ސާފުކުރުން
  4. ލޮބީއާއި މާރބްލްއޭރިޔާ ކުނިކަހާ ދޮވެ ސާފުކުރުމާއި ސެކިއުރިޓީ ރޫމާއި ސަޕޯޓް ސްޓާރފް ކްއާޓާރޒް ( ސަޕޯޓް ސްޓާފުން ތިބޭބައި ) ފޮޅާ ސާފުކުރުން
  5. ޢިމާރާތުގެ ހުރިހާ ބިއްލޫރި ކުޑަދޮރުތަކާއި މިސްކިތުގެވަށައިގެންވާ ލަކުޑިޖާލީތަކާއި ދޮރުތައް އަދި ލޮބީއާއި ގްރައުންޑް ފްލޯރގައިވާ ލަކުޑިދޮރުތަކާއި ޖާލީތައް ފޮހެ ސާފުކުރުމާއި، ފައިވާންބަހައްޓާ އެސް އެސް ހަރުތައް އެސް އެސް ސާފުކުރާ ކެމިކަލް ބޭނުންކޮށްގެން ފޮހެ ސާފުކުރުން
  6. މުންނާރުގެ އެތެރެއާއި ބޭރު އަދި މުންނާރާއި ގުޅިފައިވާ މަސްފެންގަޑު ސާފުކޮށް ބެލެހެއްޓުމާއި ގަރާޖު ފޮޅާ ސާފުކޮށް، ފުރާޅާއި ދިޔަދޮވިތައް ސާފުކުރުން
  7. ކޮންމެ ހުކުރުނަމާދަކާއި ޢީދުނަމާދުތަކަށް އިސްލާމީ މަރުކަޒުގެ ބޮޑުސިޑިއާއި އެހެން ހުރިހާ ސިޑިތައް އޯމޯލައިގެން ޑެގްބުރުސްއަޅައިގެން ދޮވެ ސާފުކޮށް މިސްކިތުގެ ހުރިހާބައިތަކާއި ލޮބީއާއި މާރބްލްއޭރިޔާ ކުނިކަހާ ސާފުކޮށް އެނަމާދުތަކަށް މިސްކިތް ތައްޔާރުކުރުމުގެ މަސައްކަތްކުރުން
  8. ޕޭންޓްރީއާއި ކެންޓީން ދޮވެ، ފޮޅާ ސާފުކޮށް ރީތިކުރުމާއި އެތަންތަނުގައިވާ ތަކެތި ތަރުތީބުކޮށް ރީތިކުރުމާއި މުވައްޒަފުންގެ ކެންޓީންގައި ސައިބުއިމާއި، ކެއުމުގެ އިންތިޒާމްތައްކުރުމަށްޓައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމާއި، ކުނިއުކާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ކުނިއުކާލުމުގެ މަސައްކަތްކުރުން
  9. ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ތައްޔާރުވުމަށް އިސްލާމީ މަރުކަޒުގެ އެތެރެއާއި ބޭރު އަދި މަރުކަޒުގެ ހުރިހާތަނެއް ވަރަށްރަގަށް ދޮވެ ސާފުކުރުމާއި، މިސްކިތުގެ ދެވިންގުގައިވާ މާރބްލްތައް ގާނައި ދޮވެ ސާފުކޮށް ޕޮލިޝްކުރުން
  10. ސަޕޯރޓް ސްޓާފުންނަށް ކުރެވޭވަރުގެ ވަޑާމުގެ ކަންކަމާއި ސިމެންތީގެ މަސައްކަތްތައްކުރުމާއި، ޢިމާރާތާއި ތަކެތި މަރާމާތުކުރުމުގެތެރޭގައިހިމެނޭ ސަޕޯރޓް ސްޓާފުންނަށް ކުރެވޭކަހަލަ ކުދިކުދި މަރާމާތުތައްކުރުމުގެއިތުރުން ސަޕޯރޓް ސްޓާފުންނަށް ކުރެވޭވަރުގެ ކަރަންޓާއި، ފެންވައިރުގެ މަސައްކަތްތައްކުރުމާއި، ކުލައާއި ދަވާދުލާންޖެހޭ ހާލަތްތަކުގައި، ކުލައާއި ދަވާދު އަދި ވަރުނީސްލުމުގެ މަސައްކަތްކުރުން
  11. މިނިސްޓްރީންނާއި، މިނިސްޓްރީއާއި އެހެނިހެން މުއްސަސާތައް ގުޅިގެން ބާއްވާ ކަންކަންކަމަށް ޖަލްސާކުރާހޯލާއި، އެހެނިހެން ތަންތަން ތައްޔާރުކުރުމާއި، ސެމިނަރ ވޯރކްޝޮޕްތައް ބާއްވާއިރު ޖަލްސާކުރާހޯލްގައި ބޭނުންކުރާ މޭޒުތަކުގައިއަޅާ ފޮތިތައް ދޮވެ އިސްތިރިކުން
  12. މިނިސްޓްރީން އުފުލަންޖެހޭ ތަކެތި (ބަރުތަކެތި ހިމެނޭގޮތަށް) އެއްތަނުން އަނެއްތަނަށް އުފުލުމުގެމަސައްކަތްކޮށް މިނިސްޓްރީއާއި މިނިސްޓްރީގެ ބެލުމުގެދަށުގައިވާ ގުދަންތަކަށް ތަކެތި ވައްދައި ނެރެ އެގުދަންތައް ސާފުކޮށް ރީތިކޮށް ތަރުތީބުކުރުމުގެ މަސައްކަތްތައް ކުރުން
  13. ކިންގު ސަލްމާން މިސްކިތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ވަގުތީގޮތުން ސަޕޯރޓް ސަރވިސް ޔުނިޓާއި ޙަވާލުކުރައްވާފައިވާތީ އެމިސްކިތުގެ މަސައްކަތްތަކަށް ފޮނުވަންޖެހޭ ވަގުތުތަކުގައި އެމިސްކިތަށްގޮސް ކުރަންޖެހޭ މަސައްކަތްތައްކުރުން
  14. އެންޑޯވްމަންޓް ސެކްޝަނުން އަންގަވާ ވަގުތުތަކުގައި ވަޤުފު ބިލްޑިންގތަކުގެ ކުދި ކުދި މަރާމަތުތަކާއި ފޮޅާ ސާފުކުރުމުގެ މަސައްކަތްކުރުން
  15. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. ގްރޭޑް 7 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމާފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ލިޔަންކިޔަން އެނގުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-

ގުޅޭ ވަޒީފާގެ ދާއިރާ:

ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް / ލިޔެކިޔުން ބެހުމާއި އިމާރާތާއި މުދާ ބެލެހެއްޓުމާގުޅޭ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026ޖޫން 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިހާނުއަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާނު އޮންނާނީ، 2026 ޖޫން 21 އާއި 2026 ޖުލައި 30 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020254 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

07 ޖޫން 2026