ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-VDS/1/2026/49
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 11:31
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް "ވެސަލް ޑިކްލަރޭޝަން" އާ ގުޅޭ މަޢުލޫމާތު ހުށަހެޅުމާބެހޭ:
ދިވެހިރާއްޖޭގެ ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމު މެދުވެރިކޮށް ވެސަލް ޑިކްލަރޭޝަންގެ ޚިދުމަތަށް އެދެވޭގޮތަށް 10 މޭ 2026 ދުވަހުން ފެށިގެން ހަމަޖެހިފައިވީނަމަވެސް، 10 ޖޫން 2026 ވަނަ ދުވަހުގެ ނިޔަލަށް، މިހާރު ހުށަހަޅަމުންދާގޮތަށް "ވެސެލް ޑިކްލަރޭޝަން" އާގުޅޭ މަޢުލޫމާތު ކަސްޓަމްސްއަށްވެސް ހުށަހެޅުމުގެ ފުރުސަތު ވާނީ ދެވިފައެވެ. ނަމަވެސް 11 ޖޫން 2026 ވަނަ ދުވަހުން ފެށިގެން، މި ޚިދުމަތަށް އެދެވޭނީ ހަމައެކަނި "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ޖޫން 2026