ދިވެހިރާއްޖެ
ކޯޓަށް ޙާޟިރުވުމަށް އަންގާ އިޢުލާންކުރުން
ސ.ހިތަދޫ / ދިލްޝާދުގެ، ފާރިސް ޢަބްދުﷲ (އައިޑީކާޑް ނަންބަރ: A290070)، އަކީ މި ކޯޓަށް ހުށަހެޅިފައިވާ ސާބިތު ޚަރަށް ފައިސާ ނުދެއްކުމުގެ މައްސަލައަކާއި ވަރިވުމަށް އެދި ހުށަހެޅިފައިވާ މި 2 (ދޭއް) މައްސަލައާއި ގުޅިގެން މިކޯޓަށް ޙާޟިރުވުމަށް އަންގައި، ކޯޓަށް ހާޟިރު ނުވެފައިވާ ފަރާތެކެވެ.
އެހެންކަމުން، ސ.ހިތަދޫ / ދިލްޝާދުގެ، ފާރިސް ޢަބްދުﷲ 15 ޖޫން 2026 ވަނަ ދުވަހުގެ 13:00 އަށް ގއ.ނިލަންދޫ މެޖިސްޓުރޭޓް ކޯޓަށް ޙާޟިރުވުމަށް އަންގާ އިޢުލާނުކުރަމެވެ. އަދި ދެންނެވިފައިވާ ތާރީހާއި ގަޑިއަށް ކޯޓަށް ޙާޟިރު ނުވެއްޖެނަމަ، ސ.ހިތަދޫ / ދިލްޝާދުގެ، ފާރިސް ޢަބްދުﷲގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ނިންމާނެކަމުގައި ސ.ހިތަދޫ / ދިލްޝާދުގެ، ފާރިސް ޢަބްދުﷲ އަށް އަންގާ އިޢުލާނުކުރަމެވެ.
22 ޛުލްޙިއްޖާ 1447
07 ޖޫން 2026