ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)-FIS/2016/01
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 21 ޖަނަވަރީ 2016 13:00
ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާޓް ޓައިމް ލެކްޗަރަރއިން ހޯދުން

އިޢުލާން

ޕާޓް ޓައިމް ލެކްޗަރަރއިން ހޯދުމާ ގުޅޭ:

އިސްލާމިކް  ސްޓަޑީޒްގެ  ދާއިރާއާއި،  އުނގަންނައިދިނުމުގެ  ދާއިރާއާއި،  ޤުރްއާނާއި  އިނގިރޭސިބަސް  ކިޔަވައިދިނުމުގެ  ޝައުޤުވެރިކަންހުރި  ޕާޓް  ޓައިމް  ބޭފުޅުން  މި  ފެކަލްޓީއަށް  ބޭނުންވެއެވެ.

ޕާޓް ޓައިމްކޮށް ކިޔަވައިދެއްވުމަށްއެދި ހުށަހަޅުއްވާ ބޭފުޅުންގެ ތެރެއިން ކުރިން މި ފެކަލްޓީގައި ކިޔަވައިދެއްވާފައިވާ އަދި އެބޭފުޅުންގެ ކިޔަވައިދެއްވުން ރަނގަޅުކަމަށް ފާހަގަކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު، ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ، މި ފެކަލްޓީގެ އިދާރީ ބަޔަށް ހުށަހެޅުއްވުން އެދެމެވެ.

ކުރިން މި ފެކަލްޓީގައި ކިޔަވައިދެއްވާފައިވާ ބޭފުޅެއްނަމަ، ހަމައެކަނި ސިޓީއެއް ހުށަހެޅުއްވުމުން ފުދޭނެއެވެ.

30 ރަބީޢުލްއައްޥަލް 1437

10 ޖަނަވަރީ 2016