ދިވެހިރާއްޖެ
FSM-ADV/2026/120
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
|
މަޤާމް: |
އެގްޒެކެޓިވް ސެކެޓްރީ |
|
ޑިޕާޓްމަންޓް: |
ކޯޕަރޭޓް އެފެއާރސް |
|
ބޭނުންވާ ޢަދަދު: |
01 |
|
ޝަރުތުތައް: |
- މަގާމާ ގުޅޭދާއިރާއަކުން އިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން އަދި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
|
ވަޒީފާގެ މަސްޢޫލިއްޔަތު: |
- ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ އެޕޮއިންޓްމަންޓްތައް އިންތިޒާމްކޮށް ބެލެހެއްޓުން. - ކުންފުނީގެ އެގްޒެކެޓިވް ކޮމިޓީ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަދި ނިންމުންތައް ޑޮކިއުމަންޓް ކުރުން. - ކުންފުނީގެ އެގްޒެކެޓިވް ދަތުރުތައް އަދި ޓްރެއިނިންގތައް ހަމަޖެއްސުން. - ޑިޕާޓްމަންޓުގެ ބޭނުންތަކަށް ރިޕޯޓުތައް ތައްޔާރުކުރުމާއި ހުށައެޅުން. - އެމީހަކާ ޙަވާލުވެފައިވާ މަސައްކަތްތައް އޭގެއިތުރުން ޤާނޫނާ ޤަވާއިދުން އެއްގޮތްވާ ގޮތުގެމަތިން ވެރިން އަންގާ އޮފީހުގެ މަސައްކަތްތައް ކުރުން |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ކޯޕަރޭޓް އެފެއާޒް، އެފް.އެސް.އެމް |
|
މުސާރަ |
21،000ރ އާއި 25،200ރ ދެމެދު |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 09 ޖޫން 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ).
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.
04 ޖޫން 2026