ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/10/2026/48
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:50
ސުންގަޑި: 11 ޖޫން 2026 13:00
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޕްރިންސިޕަލް ޕްރިޒަންސް އިންސްޕެކްޝަން އޮފިސަރ

                           (IUL)10-C/10/2026/48:ނަންބަރު

އިޢުލާނު

 

މަޤާމު:

ޕްރިންސިޕަލް ޕްރިޒަންސް އިންސްޕެކްޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-432222

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 8 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ /އިންސްޕެކްޝަން ސެކްޝަން / ކ.މާލެ

މުސާރަ:

މަހަކު 11,620.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 5,420.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 145.00 ރުފިޔާ
  2. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޖަލުތަކާއި ބަންދުމަރުކަޒުތަކުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް ދިމާވާ ޞިއްޙީ/ނަފްސާނީ މައްސަލަތަކާއި އަސާސީ ޚިދުމަތްތަކާ ގުޅޭގޮތުން ޤައިދީންނާއި އެ ފަރާތްތަކުގެ ޢާއިލާގެ ފަރާތުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ހަވާލު ކުރެވޭ ކޭސްތަކަށް ކަމާގުޅުންހުރި އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދުމާއެކު އިންސްޕެކްޓަރ އަދި ޑިރެކްޓަރގެ ލަފާގެ މަތިން ޝަކުވާތައް ދިރާސާކުރުމާއި އެ ޝަކުވާ ހުށަހެޅި ފަރާތަށް ޖަވާބު ފޯރުކޮށްދިނުން. އަދި ހަވާލުކުރެވޭ ކޭސްތަކާގުޅިގެން އިހުމާލެއް ފާހަގަކުރެވިއްޖެނަމަ، ބަންދު މަރުކަޒުތަކަށް ޒިޔާރާތްކޮށް ޝަކުވާ ހުށަހެޅި ފަރާތާއި ކަމާގުޅުންހުރި ފަރާތްތަކާއި ބައްދަލުކޮށް ފާހަގަކުރެވުނުކަންކަން ރަނގަޅުކުރުމަށް މިނިސްޓަރަށް ލަފާދިނުން.
  2. ޤައިދީންނާއި ބަންދުމީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށް އޮފިސަރުންގެ އިތުރުން ބަންދު މަރުކަޒުތަކުގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނާއި (މިސާލު:ސިއްހީ މުވައްޒަފުންގެ ތެރެއިން ޑޮކްޓަރުންނާއި، ނަރުހުންނާއި، ސައޮކޮލޮޖިސްޓުން ނުވަތަ ކައުންސެލަރުން) ގުޅުވައިދިނުމަށް ވަކާލާތުކޮށްދިނުން އަދި ކަރެކްޝަނަލް ނިޒާމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ލަފަޔާއި މަޝްވަރާ އެރުވުން އަދި މިފަދަ ކަންކަން ހައްލުކުރުމަށް އިދާރާގެ ފަރާތުން އިސްނަގައި މަސައްކަތް ކުރިއަށްދާކަން ކަށަވަރުކުރުމުގެ ގޮތުން މަސައްކަތް ކުރުމުގައި އިންސްޕެކްޓަރއަށް ލަފާ ދިނުމުގައި ޑިރެކްޓަރަށް އެހީތެރިވުން.
  3. ޖަލުތަކުގައި ގައިދީންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާ، ވަކިވަކި ޤައިދީންގެ ސުލޫކީ މައްސަލަތަކާއި، ގްރޫޕްތައް ހެދިފައިހުންނަގޮތާއި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅޭ ޝަކުވާތަކުގެ ޓްރެންޑްތަކާއި އެ ޓްރެންޑްތަކަށް އަންނަ ބަދަލުތައް ދެނެގަނެ އެކަންކަމާގުޅޭގޮތުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސްއަށް ދޭންޖެހޭ ފަންނީ ލަފައާއި މަޝްވަރާދިނުމުގައި ޑިރެކްޓަރަށް އެހީތެރިވުން.
  4. ޤައިދީންނާއި ބަންދުމީހުން އަދި އެފަރާތްތަކުގެ ޢާއިލާއިން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއާ ބައްދަލުކުރުމަށް ހުށަހެޅުމުން، އިންސްޕެކްޓަރގެ އަރިހުގައި ބައްދަލުވުމުގައި ބައިވެރިވުން އަދި ހުށަހެޅޭ ޝަކުވާގެ ބާވަތުން ހާލަތު އިތުރަށް ބެލުމަށް ބަންދު މަރުކަޒުތަކަށް ޒިޔާރާތްކޮށް ވަކިވަކި ބަންދު މީހުންނާއި ކަމާގުޅޭ އެހެން ފަރާތްތަކާއި ބައްދަލުކޮށް ދިރާސާކުރަންޖެހޭ ކަންކަން ދިރާސާކޮށް އިސްލާހްކުރަންޖެހޭ ކަންކަން ފާހަގަކޮށް މިނިސްޓަރަށް ލަފާ ދިނުމާއި، ޝަކުވާ ހުށަހެޅި ފަރާތަށް ދިމާވާ ގޮންޖެހުންތަކާ ގުޅިގެންހުރި ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް މަގުދައްކައިދިނުން.
  5. ޖަލެއް ނުވަތަ ބަންދު މަރުކަޒެއްގައި ބަންދުގައިހުރި މީހަކު މަރުވެއްޖެނަމަ އެފަރާތެއްގެ ހަށިގަނޑަށް އެއްވެސް ހާނިއްކައެއް ލިބިފައިވޭތޯ ބެލުމާއި، ޖަލުގައި ހުރި އެއްވެސް ފަރާތަކަށް ނުރައްކާތެރި އަނިޔާއެއް ލިބިއްޖެނަމަ އެ ހާދިސާއާ ގުޅިގެން ބަންދު މަރުކަޒުގެ ނުވަތަ ކަމާގުޅޭ އެއްވެސް އިދާރާއެއްގެ އެއްވެސް އިހުމާލެއް ވޭތޯ ބެލުމަށް ސީސީޓީވީ ފުޓޭޖާއި ކަމާގުޅުން ހުރި މުހިއްމު ހެކިތަކަށް ރިޢާޔަތްކުރުމަށްފަހު މިނިވަން އިދާރީ ތަހްޤީޤެއް ހިންގާ، ކަންހިނގައިދިޔަ ގޮތުގެ އިންސިޑެންޓް ރިޕޯޓެއް ތައްޔާރުކޮށް، އިސްލާހް ކުރަންޖެހޭކަމެއްވާނަމަ އެކަން މިނިސްޓަރަށް ރިޕޯޓްކުރުމުގައި އިންސްޕެކްޓަރަށް އެހީތެރިވުމުގެގޮތުން ކުރަންޖެހޭ ކަންކަންކުރުން.
  6. ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު 14/2013 ގެ ދަށުން މީހުން ބަންދުކުރުމަށް ހަދާ ޢިމާރާތްތައް ހެދިފައިވަނީ ޤާނޫނާއި ޤަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތައްކަށް ކަށަވަރުކުރުމަށް އިންސްޕްކެޓްކުރުމަށް އެތަނަކަށް ޒިޔާރަތްކޮށް، އެތަންތަން ޖަލެއް ނުވަތަ ރިމާންޑް ސެންޓަރެއް ނުވަތަ ކަސްޓޯޑިއަލް ސެންޓަރެއެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅޭގޮތުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް މިނިސްޓަރަށް ހުށަހަޅާ ރިޕޯޓު ތައްޔާރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  7. ޤައިދީންނާއި ބަންދު މީހުން ބައިތިއްބާ ތަންތަނުގައި ލިބިދޭންޖެހޭ އެންމެހައި އަސާސީ ޚިދުމަތްތަކުގެ ޙާލަތު ދެނެގަތުމަށް ކުރާ މޮނިޓަރިންގ ޒިޔާރަތްތައް ރާވައި، އެ ޒިޔާރަތް ތަކުން ފާހަގަ ކުރެވޭ ކަންކަން (ބަންދުމީހުންނާ ބައްދަލުކޮށް، ގޮޅިތަކުގެ ހާލަތު ބަލައި، އޮފިސަރުންގެ އިންޓަރވިއު ނެގުމަށްފަހު) ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި، އެ ހުށަހެޅުންތައް ތަންފީޛު ކުރެވެމުންދާ މިންވަރު ބަލައި އެކަމަށް މަސައްކަތްކުރުން. މިގޮތުން، ޓީމްގެ އިސްފަރާތެއްގެ ގޮތުން ހަރަކާތްތެރިވާން ޖެހިއްޖެ ހާލަތުގައި، ދަތުރު ލީޑްކޮށް ހިންގުން.
  8. ކޮންމެ އިންސްޕެކްޝަނަކާއި ކޮންމެ ހާދިސާއަކާއި ގުޅިގެން އެކަމެއްގެ ބާވަތުން، ތައްޔާރުކުރާ ރިޕޯޓުގައި ރިކަމެންޑޭޝަން ދިނުމުގެ ކުރިން އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއަކީ ކޮބާތޯ ބެލުމުގެ ގޮތުން ދިރާސާކުރުމާއި ރިޕޯޓު އެކުލަވާލުން. އަދި ޓީމްގެ އިސްފަރާތެއްގެ ހައިޞިއްޔަތުން ލީޑް ކޮށް މަސައްކަތް ފުރިހަމަކުރުން.
  9. ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު 7/2012 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ރިޢާޔަތްކޮށް ޖަލުތަކުގެ އާންމު ސިއްޙަތުގެ މިންގަނޑު ރަނގަޅުކުރުމަށް ކުރަންހުރި ކަންކަމުގައި ކަމާގުޅުންހުރި މުއައްސަސާތަކަށް ހުށަހަޅަންޖެހޭ ހުށަހެޅުންތައް ޑްރާފްޓް ކުރުމުގައާއި، ކުރަންޖެހޭ ދިރާސާތައް ކުރުމުގައި އަދި ހުށަހެޅުންތައް ތަންފީޛުކުރަމުންދާގޮތް ބެލުމުގައި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއާއި ޑިރެކްޓަރުގެ ލަފާގެމަތިން މަސައްކަތްކުރުން އަދި ޓީމް ލީޑްކުރުން.
  10. އިންސާނީ ހައްޤުތައް، ވަކިން ހާއްސަކޮށް ޤައިދީންނާއި ބަންދުމީހުންނަށް ލިބިދޭންޖެހޭ ހައްޤުތަކާގުޅޭގޮތުން ހެދިފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާ ގުޅޭގޮތުން ދިރާސާކޮށް އެ މިންގަނޑުތަކަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމާއި އަމިއްލަ ނަފްސާއި، ސެކްޝަން ކުރިއެރުވުމަށް އިސް ފަރާތެއްގެ ގޮތަށް މަސައްކަތްކުރުން.
  11. ސެކްޝަންގެ އަހަރީ ރިޕޯޓާއި އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި އިންސްޕެކްޓަރާއި ޑިރެކްޓަރަށް އެހީތެރިވެ، ޕްލޭންގައިވާ މަޤްސަދުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިންސްޕެކްޓަރާއި ޑިރެކްޓަރަށް އެހީތެރިވުމާއި ޑިވިޜަންގެ ޑިރެކްޓަރ ނެތް ކޮންމެ ހާލަތެއްގައި ސެކްޝަނުގެ އިދާރީ ހިންގުމުގު ހުރިހާ ޒިންމާއެއް ނެގުން.
  12. ސެކްޝަނުން ބާއްވަން ކަނޑައަޅާ އެކިއެކި ބައްދަލުވުންތައް ރާވައި އިންތިޒާމުކޮށް އެފަދަ ބައްދަލުވުންތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން. ނުވަތަ،
  2.  މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖެގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ހާސިލްކޮފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސަކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޕްލައިޑް ޑޭޓާ ސައިންސް އެންޑް ސައިބަރ ސެކިއުރިޓީ  
  2. ކައުންޓަރ ޓެރަރިޒަމް  
  3. ކައުންޓަރ ޓެރަރިޒަމް އިންޓެލިޖަންސް އެންޑް ސައިބަރ ކްރައިމް  
  4. ކައުންޓަރ ޓެރަރިޒަމް ސެކިއުރިޓީ އެންޑް އިންޓެލިޖަންސް  
  5. ކްރިމިނަލް ޖަސްޓިސް  
  6. ކްރިމިނޮލޮޖީ  
  7. ސައިބަރ ކްރައިމް ޓެރަރިޒަމް އެންޑް ސެކިއުރިޓީ  
  8. ސައިބަރ ސެކިއުރިޓީ  
  9. ސައިބަރ ސެކިއުރިޓީ އެނަލިސިސް  
  10. ސައިބަރ ސެކިއުރިޓީ އެންޑް ބިހޭވިއަރ  
  11. ސައިބަރ ސެކިއުރިޓީ އެންޑް ޑޭޓާ ގަވަރނަންސް  
  12. ސައިބަރ ސެކިއުރިޓީ އެންޑް ނެޓްވޯކްސް  
  13. ގްލޯބަލް ސެކިއުރިޓީ  
  14. ހޯމްލޭންޑް ސެކިއުރިޓީ  
  15. އިންޓަރނޭޝަނަލް ސެކިއުރިޓީ ސްޓަޑީސް  
  16. ލޯ އެންފޯސްމެންޓް  
  17. ނޭޝަނަލް ސެކިއުރިޓީ ސްޓަޑީސް  
  18. ސެކިއުރިޓީ އެންޑް ކައުންޓަރ ޓެރަރިޒަމް  
  19. ސެކިއުރިޓީ އެންޑް ޑިޕްލޮމަސީ  
  20. ސެކިއުރިޓީ އެންޑް ސްޓެރެޓީޖިކް ސްޓަޑީސް  
  21. ސެކިއުރިޓީ ސްޓަޑީސް  
  22. ޓެރަރިޒަމް އެންޑް ކައުންޓަރ ޓެރަރިޒަމް ސްޓަޑީސް  
  23. ޓެރަރިޒަމް އެންޑް ސެކިއުރިޓީ  
  24. ޓެރަރިޒަމް އެންޑް ސެކިއުރިޓީ ލޯ  
  25. ޓެރަރިޒަމް ސެކިއުރިޓީ އެންޑް ޕޮލިސިންގ  
  26. ވަޔަލަންޓް އެންޑް ކްރައިމް  

 

މަޤާމުގެ މަސައްކަތު ދާއިރާތައް:

1 އިންޓަރނަލް ސެކިއުރިޓީ އާ ގުޅޭ ފަންނީ މަސައްކަތްތަކާއި، އެސެސްމަންޓް އަދި ޓެކްނިކަލް އެނަލިސިސް ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެwww.mohst.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާހުގެ) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 ޖޫން 21 އާއި 30 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3031543ނުވަތަ 3031542 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު"  (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

 

18 ޛުލްޙިއްޖާ 1447

04 ޖޫން 2026