ބީލަން
ނަންބަރު: IL/2026/15316
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:48
ސުންގަޑި: 25 ޖޫން 2026 11:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އޮތޯރިޓީގެ ދަ އައިލޭންޑް އިކޮނޮމިސްޓް މެގަޒިންއަށް އެޑިޓަރ އިން ޗީފްއެއް (ރީޓެއިނަރ ބޭސިސްގައި) އައްޔަންކުރުން

މި އޮތޯރިޓީން ދޭ މައުލޫމާތާ އެއްގޮތަށް، ރީޓެއިނަރ ބޭސިސްގައި، އޮތޯރިޓީގެ ދަ އައިލޭންޑް އިކޮނޮމިސްޓް މެގަޒިންއަށް އެޑިޓަރ އިން ޗީފްއެއް އައްޔަންކުރަން ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ޝައުގުވެރިވާ ފަރާތުގެ ނަން، ކޮންޓެކްޓް މަޢުލޫމާތު، އީމެއިލް އަދި ފޯނު ނަންބަރު ހިމެނުމަށް ފަހު، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންނަށް އެކަނިކަމުގައި ދަންނަވަމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

11 ޖޫން 2026

ބުރާސްފަތި

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

17 ޖޫން 2026

ބުދަ

11:00

އީމެއިލް  އިން ޖަވާބު ދިނުމުގެ ސުންގަޑި

18 ޖޫން 2026

ބުރާސްފަތި

15:00

އަންދާސީ ހިސާބު ހުށަހެޅުން

25 ޖޫން 2026

ބުރާސްފަތި

11:00

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އެނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

04 ޖޫން 2026