ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ގައު މެޝިން މަރާމާތު ކުރުން
ކ.ތިލަފުށީގައި ހުރި މިކޯޕަރޭޝަންގެ ގައު އަޅާ ބޮޑުމެޝިން މިހާރުހުރި ޙާލަތު ދެނެގަނެ، މަރާމާތު ކުރަންޖެހޭނަމަ، ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 18 ޖަނަވަރީ 2016 ވާ (ހޯމަ) ދުވަހުގެ 11:00 އަށް މިކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖަނަވަރީ 2016 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހަޅަންވާނީވެސް މިއެޑްރެހަށެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލްކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 9603320657+ ، 9609911606+
ފެކްސް ނަންބަރު: 9603317133+
01 ރަބީޢުލްއާޚިރު 1437