ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2026/030
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި:
05 ޖޫން 2026 20:29
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސަންކެއަރ ޤުރުޢާން ކިލާސް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ބެލެނިވެރިންނާއި ބައްދަލުކުރުން
ސަންކެއަރގެ މުއައްސިސް އޮނަރަބަލް އަޙްމަދު ސިޔާމް މުޙައްމަދުގެ ފުރިހަމަ އެހީތެރިކަމާއެކު ކުރިއަށްގެންދެވޭ މިސްކިތު ޤުރުޢާންކިލާސް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް ހިޔާލާއި މަޝްވަރާ ހޯދުމަށް ސްކޫލު ދަރިވަރުންގެ ބެލެނިވެރިންނާއި އެކު ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި ސަން ފައުންޑޭޝަންގެ ފަރާތުން ފައުންޑޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޑރ އަޝްރަފް ޢަބްދުއްރަޙީމް ބައިވެރިވެލއްވާނެއެވެ.
ބައްދަލުވުން ކުރިއަށްދާނި 2026 ޖޫން 05 ވާ ހުކުރު ދުވަހުގެ ރޭގަނޑު 08:30 ގައި ފިޓްނަސް އެންޑް ރެކުރިއޭޝަންގެ ސެންޓަރގައެވެ.
04 ޖޫން 2026