ބީލަން
ނަންބަރު: GS190/IUL2026/0014
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 11 ޖޫން 2026 12:00
ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
ދަނބިދޫ ސްކޫލްގައި 14 އެއަރ ކޮންޑިޝަނަރ އަޅުވައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

ޕްރޮޖެކްޓު ނަންބަރ:GS190/PN/2026/002

 އިޢުލާނު ނަންބަރު :GS190/IUL2026/0014

އިޢުލާނު

ދަނބިދޫ ސްކޫލްގައި 14 އެއަރ ކޮންޑިޝަނަރ އަޅުވައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

            ދަނބިދޫ ސްކޫލްގައި 14 އެއަރ ކޮންޑިޝަނަރ އަޅުވައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބިޑްރަޖިސްޓްރީ ފޯމް ފުރުއްވައި މި އިދާރާގެ އީ-މެއިލް [email protected]  އަށް ފޮނުއްވައި ދެއްވުން އެދެމެވެ. ނުވަތަ ދަނބިދޫ ސްކޫލްގެ އޮފީހަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އަދި މަސައްކަތްކުރުމުގެ ޤާބިލްގަން ލިބިފައިވާ ފަރާތްތަކަށެވެ.

            ވީމާ، ތިރީގައި ބަޔާންކުރެވިފައިވާ ތާރީޚްގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

11 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 13:30  ގައި ދަނބިދޫ ސްކޫލް

16 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 13.30 ގައި ދަނބިދޫ ސްކޫލް

            މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއަކާއެކު ސިޓީއެއް ހުށައަޅުއްވަންވާނެއެވެ.

            ބިޑްރަޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިސްކޫލުގެ ނަންބަރު 6800740 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

04 ޖޫން 2026

04 ޖޫން 2026