މަސައްކަތް
ނަންބަރު: GS-154/2016/02
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:22
ސުންގަޑި: 20 ޖަނަވަރީ 2016 11:00
ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
ފާޚާނާ ހެދުން

އިޢުލާން

ޕްރީ ސްކޫލަށް ބޭނުންވާ ޚާއްޞަ ފާޚާނާ ހެދުން

މި ސްކޫލްގެ ޕްރީ ސްކޫލް ކުދިންނަށް ބޭނުންވާ ޚާއްޞަ ފާޚާނާ ( 1650 މިލިމީޓަރ ފުޅާ، 1350 މިލިމީޓަރ ދިގު ) ހެދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 20 ޖަނަވަރީ 2016 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ސްކޫލުގައިި އޮންނާނެއެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 25 ޖަނަވަރީ 2016 ވާ ހޯމަަ ދުވަހުގެ 11:00 ގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ރަބީޢުލްއާޚިރު 1437

14 ޖަނަވަރީ 2016