ބީލަން
ނަންބަރު: GS180/IUL/2026/07
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި:
08 ޖޫން 2026 00:00
ކޮޅުމަޑުލު މަޑިފުށީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަޑިފުށީ ސްކޫލްގެ ހުރިހާ ކުލާސް ރޫމެއްގައި އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް
`
މަޑިފުށީ ސްކޫލް
ތ.މަޑިފުށި ، ދިވެހިރާއްޖެ
ނަންބަރު:GS180/IUL/2025/07
އިޢުލާން
މަޑިފުށީ ސްކޫލްގެ ހުރިހާ ކުލާސް ރޫމެއްގައި އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް
- ސްކޫލުން ފޯރުކޮށްދޭ އޭސީ، ސްކޫލްގެ ހުރިހާ ކުލާސް ރޫމެއްގައި ހަރުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ޖޫން 4 އިން 2026 ޖޫން 8 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ސްކޫލަށް ގުޅައިގެން، މިބީލަމަށް ރަޖިސްޓަރީވުން އެދެމެވެ. ބަންދު އަދި ރަސްމީ ދުވަސްތަކުގައިވެސް https://forms.gle/Hspb31ajCZM1jc9z8 މި ލިންކު މެދުވެރިކޮށް މަސައްކަތުގައި ރަޖިސްޓުރީ ކުރެވޭނެއެވެ.
- މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ޖޫން 9 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ.
- ބިޑް ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލުގައެވެ.
- މި ބީލަމުގައި ބައިވެރިވެވޭނީ މަތީގައި ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަޑިފުށީ ސްކޫލް
ފޯން: 6780568
އީ-މެއިލް: [email protected]
18 ޛުލްހިއްޖާ 1447
4 ޖޫން 2026
04 ޖޫން 2026