ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-82/2016/01
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 19 ޖަނަވަރީ 2016 12:00
މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު

ރިލީފް ޓީޗަރ

ބޭނުންވާ އަދަދު

 1 (އެކެއް)

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން

މާރަންދޫ މަދަރުސާ

މަޤާމު އޮތް އޮފީހުގެ ނަން

ހއ.މާރަންދޫ މަދަރުސާ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އެކަޑަމިކް ސެކްޝަން

މުއްދަތު

3 މަސްދުވަސް (3 މަސްދުވަހުގެ ތެރޭގައި ވަޒީފާއަށް ރަނގަޅުނަމަ އެގްރިމެންޓް އާކުރުމުގެ

ފުރުޞަތު އޮންނާނެއެވެ.)

މަޤާމު

ރޭންކު

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ރިލީފް ޓީޗަރ

TSO1

ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 1

- ސާނަވީ ތަޢުލީމު ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު ދެ މާއްދާއިން ފާސްވެފައިވާ ރިލީފް ޓީޗަރ.

-/4000

-/1500

ޓްރެއިންޑް ޓީޗަރ

GS4

ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 1

- ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓުފިކެޓު ހާސިލުކޮށްފައިވުން.

-/5020

-/2500

MS1

ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 2

- ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ސެޓުފިކެޓު ހާސިލުކޮށްފައިވުން.

-/5610

ގްރެޖްއޭޓް ޓީޗަރ

MS2

ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 3

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީފާހެއް ހާސިލުކޮށްފައިވުން.

-/6290

-/2500

ކޮލިފައިޑް ޓީޗަރ

MS3

ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 4

- ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

-/7035

-/2500

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

- މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް ތަކެތި ދަސްކޮށްދީ އޮޅުންފިލުވައިދިނުން.

- ލެސަންޕްލޭން ތައްޔާރުކުރުން.

- ސްކީމް ތައްޔާރުކުރުން.

- ސްކޫލް ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އެންމެހައި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު

1- ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.

2- ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކުދިންނަށް އެ އަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެ ތަކެތި އުނގަންނައިދީ، އެ ކުދިންނަށް ހާސިލުވާންޖެހޭ މިންވަރަށް އެންމެ ފުރިހަމައަށް ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.

3- ސްކޫލުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށް އޮންނަ ހަފުތާއަށް) ތައްޔާރުކޮށްފައި ސުޕަވައިޒަރަށް ދެއްކުން.

4- ސްކޫލުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ސްކީމް އޮފް ވާރކް ފުރިހަމަކޮށް ނިންމުން.

5- މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައްޔާއި، ޑިސްކަޝަން މީޓީންގތަކުގައި ފުރިހަމައަށް ބައިވެރިވުން.

6- ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، މުދައްރިސުންގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގަވާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން.

7- ކުދިންގެ ފޮތްތަކާއި، ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި މާކުކުރުން.

8- މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށް ހިތްވަރާއެކު މަސައްކަތްކޮށް، ސްކޫލުން ބޭނުންވާ ފެންވަރަށް މުވައްޒަފުގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން ކުރިއެރުވުން.

9- ސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި ސްލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުން.

10- ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.

11- ކިޔަވައިދިނުމަށް ބޭނުންވާ އިތުރު އެހީތައް ބޭނުންވެއްޖެ ހިނދެއްގައި އުފައްދައިގެން ބޭނުންކުރުން.

12- ކްލާހުގައި ހޭދަކުރާ ގަޑިތަކުގައްޔާއި، ސްކޫލްތެރޭގައި ހޭދަކުރާ ވަގުތުތަކުގައި އަދި ސްކޫލުން ބޭރުގައިވެސް އަޚުލާޤާށް ސަމާލުކަން ދިނުމާއި، ކުދިން އެގޮތުގައި ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރުން.

13- ލީޑިންގ ޓީޗަރުން އަންގާގޮތެއްގެމަތިން އިމްތިޙާނުތައް ތައްޔާރުކުރުމާއި، އިމްތިޙާންތައް ހިންގުމާއި، އިމްތިޙާން ކަރުދާސްތައް މާކްކުރުމާއި، އިމްތިޙާންތަކާ ގުޅޭ އެންމެހައި ރިކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން.

14- ކިޔަވައިދޭ ސެޝަނުގެ ކްލާސްތަކުގައި ދަރިވަރުންގެ އުނގެނުމާއި އަޚުލާޤާ ގުޅޭގޮތުން ކުދިންނާއި ބެލެނިވެރިންނަށް އޮޅުންފިލުވައިދީ ނަސޭހަތްތެރިވުން.

15- މުވައްޒަފު ނިސްބަތްވާ ހައުސް /ކްލަބް /ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި އެ މުވައްޒަފެއްގެ ޤާބިލުކަން ހުރި އެންމެ މަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރުން.

16- ކިޔަވައިދޭ ވަގުތުތަކުގައްޔާއި، ކިޔަވައިދިނުމާ ގުޅޭ ހަރަކާތްތައް ހިންގާ ވަގުތުތަކުގައި ކުދިންގެ ކަންކަމުގައި ޒިންމާވެ އެކުދިން އެކަނި ދޫކޮށްނުލުން.

17- ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް އިސްރާފު ކުޑަކޮށް ގެންގުޅެވޭނެގޮތް ދަސްކޮށްދީ އެކަމަށް ބާރުއެޅުން.

18- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ އެންމެހައި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

އިންޓަރވިއު އޮންނާނެ ތަނާއި ތާރީޚު

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު އޮންނާނެ ތަނާއި، ދުވަހާއި، ތާރީޚު އަދި ގަޑި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

އެހެނިހެން ޢިނާޔަތްތައް

- ވަޒީފާއާބެހޭ ޤާނޫނާއި، ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން، ހަމަޖެހިފައިވާ އުސޫލުން، ޓާރމް ޗުއްޓީއާއި، އާއިލީ ޒިންމާގެ ޗުއްޓީއާއި، ސަލާމުގެ ޗުއްޓީ ފަދަ ޗުއްޓީތައް ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

ސުންގަޑި

ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 ޖަނަވަރީ 19 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި

ހ- ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިމަދަރުސާއާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިއުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު: ހޯއްދެވުމަށް

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މަދަރުސާގެ ނަންބަރު 6500535 ފޯނާއެވެ.

07 ޖަނަވަރީ 2016